ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މުމްބާއިގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފި
ދުނިޔެ

މުމްބާއިގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފި

އއިބްރާހީމްް ސަމީރު14 އޮކްޓޯބަރު 2024
ބޮލީވުޑްގެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ މުމްބާއިގެ ސިޔާސީ ލީޑަރު ބާބާ ސިއްދީޤީ މަރާލުމާ ގުޅިގެން މުމްބާއީގެ މުހިންމު ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ. ވީއައިޕީންނާއި ފިލްމު ސްޓާރުންނާއި މުއްސަނދިން ދިރިއުޅޭ މަލާބާރު ހިލްގައި ބައެއް ސަރަހައްދުތައް ބަންދުކޮށް ފުލުހުން ފޯރި މަރަން ފަށާފައި ވެއެވެ. ބާބާ ސިއްދީޤީ މަރާލުމުގައި ބައިވެރިވި 4 މީހުންވެސް ފުލުހުން ވަނީ ހޯދައިގެންފައެވެ. މި ޙަމަލާއަށް ޖަލުގައި ބަންދުކޮށްފައިވާ ގޭންގްސްޓަރ ރޯއި ބިޝްނޯއިގެ ސަޕޯޓަރުން ވަނީ ޒިންމާ ނަގާފައެވެ. ސިއްދީޤީ މަރާލާފައި ވަނީ އޭނާގެ ދަރިފުޅުގެ އޮފީސް ބޭރުގައެވެ. މަހާރާޝްޓްރާގެ ޗީފް މިނިސްޓަރގެ އަމުރަށް، އޭނާގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގައެވެ. ބާބާ ސިއްދީޤީއަކީ ސަލްމާން ޚާނާއި ޝާހްރުޚް ޚާން އެކަކު އަނެކަކާ ވާހަކަ ނުދައްކައި ޒަމާން ވަންދެން ތިބުމަށްފަހު ސުލްޙަ ކޮށްދިން މީހާއެވެ، އޭނާ ބާއްވާ ޙަފްލާ ތަކަކީ ބޮލީވުޑްގެ ބޮޑެތި މީހުން ފަޅުފިލުވައިދޭ ޙަފްލާތަކެކެވެ. ސިއްދީގީގެ މަރާ ގުޅިގެން ސަލްމާން ޚާންގެ ދިރިއުޅޭ ގެލެކްސީ އެޕާޓްމެންޓްގެ ބޭރުގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވެއެވެ. ބިޝްނޯއިގެ ސަޕޯޓަރުން ބުނެފައި ވަނީ ސަލްމާނާ ގުޅުން އޮންނަ ކޮންމެ މީހެއްގެ ވެސް މަރު ހުއްދަވާނެ ކަމަށެވެ. އޭނާއަށް ސަޕޯޓު ކުރި ކެނެޑާ އިންޑިއާ މީހަކު ކެނެޑާގައި ހުއްޓައި އޭނާގެ ގެއަށްވެސް ބަޑި ޖަހާފައި ވެއެވެ. ސަލްމާން ޚާންގެ ގެއަށްވެސް ދެ މީހަކު ބަޑިޖަހައި އޭނާ މަރާލަން އުޅެފައ ވެއެވެ. ބިޝްނޯއިންނާއި ސަލްމާގެ އަދާވާތްތެރިކަން ފެށިފައި ވަނީ ޖައިޕޫރުގައި ފިލްމު ޝޫޓިންގެއެއްގައި އުޅުމުގެ ތެރޭގައި ސަލްމާން ޚާން ފުއްލާއެއް މެރިކަމަށް ތުހުމަތު ކުރެވުނު ހިސާބުންނެވެ. ފުއްލާއަކީ ބިޝްނޯއި ދަރިކޮޅުގެ މީހުން އަޅުކަން ކުރާ ޖަނަވާރެކެވެ.

ގުޅުންހުރި ޚަބަރު