ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ނާދިރު ވައްތަރެއްގެ އިންސާނެއް!
ދުނިޔެ

ނާދިރު ވައްތަރެއްގެ އިންސާނެއް!

އއިބްރާހީމްް ސަމީރު15 އޮކްޓޯބަރު 2024
ޔޫސުފް ޢަލީ، މިއީ މަދުން ނޫނީ ނުފެންނަ ވައްތަރެކެވެ. ކޯވިޑްގެ ކުރިން ގެ އެއް އަޅަން އަންހެން މީހާ ނެގީ 4 ލައްކަ ރުޕީސްގެ ލޯނެކެވެ. ކޯވިޑާއެކު މީހުންނަށް އައި އަތްމަތީގެ ދަތިކަމާއެކު އައި ބަދަލުގައި ފިރިމީހާ ފިލީއެވެ. ލޯނާއި ކުދިން ބޮޅުގައި އަޅަން ޖެހުނީ އަންހެން މީހާއަށެވެ. ގެ ހަދާފައި ވަނީ ލޯނު ދޭ އަމިއްލަ ބައެއްގެ އަތުން ލޯނު ނަގައިގެންނެވެ. 2021އާ ހަމައަށް އައިއިރު ލޯނުގެ އަދަދު ދެ ގުނައަށް އިތުރުވެ 8 ލައްކަ ރުޕީސްއަށް އަރައިފިއެވެ. އެއަށްފަހު ކުންފުނިން، އެކަނިވެރި މައިމީހާއަށް އިންޒާރުތައް ދޭން ފެށިއެވެ. އެންމެ ފަހުން މި އަހަރު އަންހެން މީހާ ގެއިން ނެރެލައި މަގުމަތިކޮށްލީއެވެ. ގޭގެ ތަޅުތައް ބަދަލުކޮށްލައި އަންހެންމީހާއާ ކުދިންނަށް ނުވަދެވޭ ގޮތް ހެދީއެވެ. ކެރެލާ އަންހެން މީހާގެ ވާހަކަ ހިސާބުގެ މީހުން ފިރިމީހާއާއި ލޯނު ދިން ކުންފުނި ބަދުނާމު ކޮށް މީސްމީޑިއާގައި ލިޔަން ފެށިއެވެ. ޔޫސުފް ޢަލީ ސަމާލު ކަމަށް މައްސަލަ އައެވެ. އެކަނިވެރި މައިމީހާ ގެއަށް ދައްކަން ޖެހޭ ލޯނު ދައްކައި ދިނުމަށްފަހު، ދިރިއުޅުމެއް ފެށޭގޮތަށް، އޭނާއަށް 10 ލައްކަ ރުޕީސްގެ ފިކްސް ޑިޕޮޒިޓެއްވެސް ޔޫސުފް ޢަލީ ހަމަޖައްސައި ދިނީއެވެ. ކެރެލާއަށް އުފަން ޔޫސުފް ޢަލީ އަކީ ކެރެލާއިން ތަޢުލީމު ހާސިލުކުރުމަށްފަހު ޔޫއޭއީއަށް ވަޒީފާއަށް ދިޔަ މީހެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ޔޫއޭއީގައި އިންޑިއާ ރަސްގެފާނުގެ ނަމުންނެވެ. ލޫލޫ މޯލުތަކުގެ ވެރިމީހާ އަކީ ޔޫއޭއީގެ ޗެމްބަރ އޮފް ކޮމާސްގެ ނާއިބް ރައީސެވެ. އަދި އޭނާއަކީ ފޯބްސްއިން ބުނާ ގޮތުގައި މެދުއިރުމަތީގައި އެންމެ ނުފޫޒުގަދަ އިންޑިއާ ދަރިކޮޅުގެ ވިޔަފާރި ވެރިޔާއެވެ. ކައިވެނިކޮށްފައިވާ ތިން އަންހެން ކުދިންގެ ބައްޕަގެ މުއްސަނދިކަމުގައި  7.8 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ފޯބްސްއިން އަންދާސާ ކުރެއެވެ.

ގުޅުންހުރި ޚަބަރު