ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޗައިނާގެ އިގްތިސާދަށް މި ވަނީ ކިހިނެއް؟
ދުނިޔެ

ޗައިނާގެ އިގްތިސާދަށް މި ވަނީ ކިހިނެއް؟

އއިބްރާހީމްް ސަމީރު17 އޮކްޓޯބަރު 2024
ޗައިނާގެ ސިނާއީ އުފެއްދުންތެރިކަން އޮގަސްޓް މަހު އޮތީ ފަސް މަސް ދުވަހުގެ ތެރޭގައި އެންމެ ދަށް ދަރަޖައަށް ދަށަށް ގޮސްފައެވެ. ރިޓެއިލް  ވިޔަފާރިއާއި އާ ގެދޮރުގެ އަގުތައް އޮތީ ވެއްޓިފައެވެ. ތަޖުރިބާ ކާރުން ސަރުކާރަށް ގޮވަމުން ދަނީ އިޤްތިސާދުގައި ހިތްވަރު ޖެއްސުމަށް އައު ޕެކޭޖުތައް ތައާރަފް ކުރާށެވެ. މިދިޔަ ހަފްތާގައި އާންމުކުރި އެންމެ ފަހުގެ ޑޭޓާއިން ފާހަގަ ވެގެން ދިޔައީ، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު 18.6 ޓްރިލިއަން ޑޮލަރުގެ އިގްތިސާދުގެ ކުރިއެރުން އަދިވެސް ވަޅު ޖެހިފައިވާ ކަމަށެވެ. ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހު ސިނާއީ އުފެއްދުންތެރިކަން އަހަރުން އަހަރަށް ބަލާއިރު %4.5 އިތުރުވެފައި ވެއެވެ. އެހެންނަމަވެސް ޖުލައި މަހު 5.1 އިންސައްތައިގައި އިގްތިސާދީ ދުވެލި މަޑު ޖެހިފައިވާ ކަމަށާއި މާޗް މަހުގެ ފަހުން އިޤްތިސާދު ކުރިއަރާފައިވަނީ ފާހަގަ ނުކުރެވޭ ވަރަށް ކުޑަ މިންވަރެއްގައި ކަމަށެވެ. ރައްޔިތުން މުދާ ކޮންސިއުމް ކުރާ މިންވަރުގެ މުހިއްމު އަންދާސާއެއް ދައްކަނީ، ރީޓެއިލް ވިޔަފާރީގެ ނިސްބަތުންނެވެ. ދަތުރުފަތުރުތައް ޗުއްޓީ ދުވަސްވަރު އިތުރުވިނަމަވެސް، އޮގަސްޓް މަހު ކޮންސިއުމާ ޚަރަދު ކުރި ނިސްބަތް ދައްކަނީ، އެންމެ 2.1 އިންސައްތައިގައެވެ. އެހެން ދާއިރާތަކުންވެސް މި ލަސްކަން ފާހަގަ ވެގެން ދެއެވެ. އެއީ، ޗައިނާގެ ތެޔޮ ސާފުކުރާ ތަންތާނގެ އުފެއްދުން ފަސް ވަނަ މަހަށް ދަށްވެފައިވާ ކަމަށް ދައްކައެވެ. ޗައިނާގެ އިގްތިސާދީ ހަރަކާތްތައް ދަށްވުމުން 2024 ވަނަ އަހަރު ޗައިނާގެ އިގްތިސާދީ ކުރިއެރުމުގެ އަންދާސާ އަމިއްލަ ފަރާތްތަކުން ވަނީ ސަރުކާރުގެ ރަސްމީ އަމާޒު ކަމަށްވާ %5 އަށް ވުރެ ދަށުން އަންދާސާ ކޮށްފައެވެ.

ގުޅުންހުރި ޚަބަރު