ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިންޑިއާއާއި ލާއޯސްގެ ގުޅުން ވަރުގަދަ ކުރަނީ
ދުނިޔެ

އިންޑިއާއާއި ލާއޯސްގެ ގުޅުން ވަރުގަދަ ކުރަނީ

އއިބްރާހީމްް ސަމީރު17 އޮކްޓޯބަރު 2024
އާސިއަންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ސަމިޓްގައި މޮދީ ފާހަގަ ވެވަޑައިގަތީ، އެންމެ ގިނައިން އާސިއާންގެ ސަމިޓްތަކުގައި ބައިވެރިވެ ވަޑައިގަތް ހަމައެކަނި ލީޑަރުގެ ގޮތުގައެވެ. 19 ސަމިޓްގައި މޮދީ ބައިވެރިވެ ވަޑައިގެންފައި ވެއެވެ. މި ސަމިޓަކީ އިންޑިއާއިން ކުރިއަށް ގެންދާ، އިންޑިއާގެ އެކްޓް އީސްޓް ޕޮލިސީގެ ދިހަ އަހަރު ދުވަހުގެ މުނާސަބާ ފާހަގަ ކުރާ ސަމިޓްވެސް މެއެވެ. އިންޑިއާއިން ވަނީ ލާއޮސްގައި އޮތް އާސިއަން-އިންޑިއާ ސަމިޓްގައި އާސިއަންގެ ލީޑަރުންނާއި ގުޅިވަޑައިގެން އެ ޤައުމުތަކާއި އިންޑިއާއާއެކު އޮންނަ ގުޅުން މުރާޖަޢާކުރައްވާފައެވެ. ޤައުމުތަކުން ވަނީ، ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ ބިނާކުރުމުގައި އިންޑިއާގެ ލީޑަޝިޕް ރޯލް ފާހަގަ ކޮށްފައެވެ. މޮދީގެ ވާހަކަފުޅުގައި ކުއޯޑްގެ ސަމިޓާއި، ދާދިފަހުން ވިލްމިންގޓަން ޑެލަވޭއާގައި ބޭއްވި ކުއަޑް ސަމިޓުން އިއުލާން ކޮށްފައިވާ 'އިންޑޯ-ޕެސިފިކް އޯޝަންސް' އިނިޝިއޭޓިވް އާ ބެހޭ ގޮތުންވެސް ފާހަގަ ކުރައްވާފައެވެ. މިއީ ޗައިނާގެ ގާތް ޤައުމެއް ކަމަށްވާ ލާއޯސްއާ އިންޑިއާގެ ގުޅުން ބަދަހި ކުރުމަށްވެސް މޮދީއަށް ލިބިވަޑައިގަތް ފުރުސަތެކެވެ،  

ގުޅުންހުރި ޚަބަރު