ދުނިޔެ
ކޮލަމްބިއާ ޔުނިވަރސިޓީން ޔަހޫދީއަކު ވަޒީފާއިން އެކަހެރިކޮށްފި
ކޮލަމްބިއާ ޔުނިވާސިޓީން އިސްރާއީލަށް ތާއީދުކުރާ ޕްރޮފެސަރަކު ތަކުރާރުކޮށް އެ ސްކޫލުގެ މުވައްޒަފުންނަށް ފުރައްސާރަކޮށް ބިރުދައްކަމުންދާ ކަމަށް ބުނެ ވަޒީފާއަށް ނުކުތުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ބިޒްނަސް ސްކޫލްގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ ޝައި ޑޭވިޑާއީ އަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކާމިޔާބު އަޤްޞާ ތޫފާނުގެ ހަމަލާއަށް ފަހު ކެމްޕަހުގައި ބައިބައިވުން އުފައްދަމުން އަންނަ މީހެކެވެ. ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާތައް ހުއްޓުވުމަށް ކޮލަމްބިއާ ޔުނިވާސިޓީ އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް އޭނާ ތުހުމަތު ކުރެއެވެ. އަދި އެއީ ފުޅާ ދާއިރާއެއްގައި ޔަހޫދީންނާ ދެކޮޅު އަދި ޓެރަރިޒަމަށް ތާއީދުކުރާ މުޒާހަރާތަކެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޭނާ ވަނީ ސްޓޫޑަންޓް އެކްޓިވިސްޓުންނާއި އެޑްމިނިސްޓްރޭޓަރުންގެ ވީޑިއޯތައް ހަދައި، އޮންލައިންކޮށް ޕޯސްޓުކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެއީ މަސައްކަތުގެ އަޚުލާގާއި ސިޔާސަތުގެ މިންގަނޑުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.