ދުނިޔެ
ގޯލާނީ ބްރިގޭޑަށް ދިން ހަމަލައިން އިޒްރޭލު ސިއްސުވާލައިފި
އިޒްރޭލު ޒަޔަނިސްޓު ސިފައިންގެ އެންމެ ފަހުގެ ކެއުން ނިންމާލަދިން، ޙިޒުބުﷲގެ ހަމަލައިން އިޒްރޭލުގެ ސަލާމަތީ މުއައްސަސާތައް ގުޑުވާލި ކަމަށް އިޒްރޭލު މީޑިއާއިން ބުނެއެވެ. އިޒްރޭލުގެ އެލީޓް ސިފައިންގެ "ގޯލާނީ ބްރިގޭޑް ބޭސްގައި ހިނގި ކާރިސާއިން ސާބިތުވީ ސެކިއުރިޓީ މުއައްސަސާ އަދިވެސް ޑްރޯންތަކާ ކުރިމަތިލުމުގައި ތަރައްގީވެފައި ނުވާކަން" އިޒްރޭލުގެ ވާލާ ނޫހުން ބުންޏެވެ.
"ގޯލާނީ ބްރިގޭޑްގެ ޓްރެއިނިން ބޭސްގެ ޑައިނިން ރޫމްގައި ހިޒްބުاللهގެ ޑްރޯނަކުން ދިން ސީދާ ހަމަލާގައި 4 ސިފައިން މަރުވެފައި ވެއެވެ. އަދި 60 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ މުޅި އިސްރާއީލު ގުޑުވލައިފިއެވެ. އަދި އިޒްރޭލު ސިފައިންގެ ޖެނެރަލް ކޮމާންޑަށް ސިހުމެއް ގެނެސްދިނެވެ." ވާލާ ނޫހުގައި ބުނެފައި ވެއެވެ.
ޔޫކްރޭންގެ ހަނގުރާމައިން ދުނިޔެއިން މުހިންމު ފިލާވަޅުތަކެއް ދަސްވަމުންދާއިރު، އިސްރާއީލުގެ ސިފައިން އަދިވެސް ދަނީ ހައްލުތައް ހޯދަމުން ކަމަށްބުނެ ފާޑު ކިޔާފައިވެސް ވެއެވެ.
އިސްރާއީލުގެ ނޫސް “މާރިވް” އިން ކަށަވަރުކޮށްދިން ގޮތުގައި ހައިފާގެ ދެކުނުން އިޒްރޭލުގެ އެތެރެއަށް ހިޒްބުالله އިން ދިން ހަމަލާއަކީ "އިސްރާއީލުގެ ސިފައިންނަށް އުނދަގޫ، މުސީބާތެއް ކުރިމަތި ކުރުވަނިވި ހާދިސާއެއް" ކަމަށެވެ.
އެ ނޫހުން ގޯލާނީ ބްރިގޭޑް ބިރުގަންނަވާލި ހާދިސާ ސިފަކޮށްފައި ވަނީ "ޑްރޯން ޑިޒާސްޓާ" ގެ ގޮތުގައެވެ. އަދި މި ހަމަލައިން ސިފައިންނަށް އިންތިހާއަށް ވޭނާއި މާޔޫސްކަން އިހުސާސް ކުރެވުނު ކަމަށެވެ.
ހިފާފައިވާ ފަލަސްޠީނުގެ ހައިފާގެ ދެކުނުގައި އޮންނަ ބިންޔާމިނާގައި އޮންނަ ގޯލާނީ ބްރިގޭޑްގެ ޓްރެއިނިން ކޭމްޕަކަށް ޙިޒުބުﷲ އިން ދިން ކާމިޔާބު ހަމަލައިން ދައްކައި ދިނީ އަދިވެސް ޙިޒުބުﷲއަށް އިޒްރޭލު ބިރު ގަންނަވާ ލެވިދާނެ ކަމަށެވެ.
އިޒްރޭލުން މި ޙަމަލާގެ އަސްލު ގެއްލުން ފޮރުވާފައިވާ ކަމަށްވެސް މީޑިއާއިން ބުނެއެވެ.