ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ހަމަލަ ނުދިނުމަށް އިޒްރޭލަށް ދޭ އިންޒާރު
ދުނިޔެ

އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް ހަމަލަ ނުދިނުމަށް އިޒްރޭލަށް ދޭ އިންޒާރު

އއިބްރާހީމްް ސަމީރު18 އޮކްޓޯބަރު 2024
އީރާނުގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާއަށް ހަމަލަ ނުދިނުމަށް މިއަދު ރަޝިޔާއިން އިޒްރޭލަށް އިންޒާރު ދީފިއެވެ. ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ރިޔާބްކޯވް ވިދާޅުވީ "އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އެއްވެސް ހަމަލާއެއް ނުދިނުމަށް އިޒްރޭލަށް އިންޒާރު ދޭކަމަށާއި އަދި ތަކުރާރު ކޮށް އެވާހަކަ އިޒްރޭލަށް އަންގާފައި ވާނެ" ކަމަށެވެ. އަދި މެދުއިރުމަތީގެ މަސްރަހު ރަޝިޔާއިން ތާއަބަދު މޮނީޓާކޮށް އީރާނާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ރިޔާބްކޯވް ވިދާޅުވީ، "އަޅުގަނޑުމެން ތަކުރާރުކޮށް އިންޒާރު ދީފައިވާނެ، އަދިވެސް އިންޒާރު ދެމުން މިދަނީ، ނިއުކްލިއާ ފެސިލިޓީތަކަށާއި ނިއުކްލިއާ އިންފްރާސްޓްރަކްޗަރަށް ހަމަލާ ދިނުމުގެ ވިސްނުމެއް ނުގެންގުޅުމަށް" ކަމަށެވެ. ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވެސް ކަށަވަރުކޮށްދެއްވި ގޮތުގައި މޮސްކޯއިން މެދުއިރުމަތީގެ ހާލަތު ވަޒަންކޮށް އީރާއެކު މޢުލޫމާތު ޙިއްސާ ކުރަމުންދާނެއެވެ. އަދި ސަރަހައްދީ ހަމަޖެހުމާ ބެހޭ ގޮތުން އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރާނީ ރަޝިޔާ މެދު އެމެރިކާއިން ގެންގުޅޭ އަދާވާތްތެރިކަން ދޫކޮށްލުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު