ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އުއިގޫރު މުސްލިމުންނަށް ޖާސޫސް ކުރި ޗައިނާ ބަޔަކަށް ދައުވާ ކޮށްފި
ދުނިޔެ

އުއިގޫރު މުސްލިމުންނަށް ޖާސޫސް ކުރި ޗައިނާ ބަޔަކަށް ދައުވާ ކޮށްފި

އއިބްރާހީމްް ސަމީރު18 އޮކްޓޯބަރު 2024
ޗައިނާއަށް ޖާސޫސް ކޮށްދިން ކަމަށް ޝައްކު ކުރެވޭ ހަތް މީހެއްގެ މައްޗަށް އިސްތަންބޫލްގައި ދައުވާ ކޮށްފިއެވެ. ދައުވާ ސާބިތު ވެއްޖެނަމަ، ކޮންމެ މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ޗައިނާގެ ޖާސޫސީ އޮޕަރޭޓިވުން ވަނީ، އެމީހުން ބޭނުންވާ މައުލުމާތު ހޯދައި ނުދީފިނަމަ، ޗައިނާގެ ޝިންޖިއާން އުއިގޫރް އޮޓޮނޮމިކް ރީޖަނުން އައިސް ތުރުކީގައި ދިރިއުޅޭ މީހުންގެ ޗައިނާގައި ދިރިއުޅޭ އާއިލާތަކަށް ނުރައްކާ ވާނެ ކަމަށް ބުނެ ބިރު ދައްކާފައެވެ. މި ކަމުގައި ޝައްކު ކުރެވޭ މީހުންގެ މައްޗަށް އުފުލަނީ "ސިޔާސީ ނުވަތަ އަސްކަރީ ޖާސޫސީ ބޭނުމުގައި ދައުލަތުގެ ކަންކަމާ ގުޅޭ ސިއްރު މައުލޫމާތު ހޯދުމުގެ" ދައުވާ އެވެ. އެމީހުންނަށް ވަނީ ޝިންޖިއާންގެ ނަސްލުގެ މީހުންނާއި ތުރުކިޔޭގައި ހުރި ޝިންޖިއާނާ ބެހޭ ޖަމިއްޔާތަކާ ބެހޭ މައުލޫމާތު އެއްކުރި ކަމަށްވެސް ތުހުމަތު ކޮށްފަ އެވެ. ދައުވާގައި ބުނެފައި ވަނީ ޗައިނާގެ އިންޓެލިޖެންސް އޮޕަރޭޓިވުން އެ މީހުންނަށް މާލީ އެހީތެރިކަމާއި ޝިންޖިއާންގައި އާއިލާ މެންބަރުން ދަތުރުކުރުމުގެ މިނިވަންކަމާއި އެ އާއިލާތަކުގެ މީހުންނަށް ވަޒީފާ ހޯދައި ދިނުމުގެ މުގާބިލުގައި ޖާސޫސްކޮށް ދިނުމަށް އެދުނު ކަމަށެވެ. ދައުވާ ލިބޭ މީހުންގެ ތެރެއިން އެކަކު ވަނީ ހޮންކޮންގާއި ސައުދީ އަރަބިއްޔާގައި ޗައިނާގެ އިންޓެލިޖެންސް އޮޕަރޭޓިވުންނާ ބައްދަލުކޮށްފަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ޗައިނާގެ ކޮމިއުނިސްޓް ވެރިކަމާ ދެކޮޅު މީހުން ހޯދުމަށް މަސައްކަތް ކުރިކަމަށެވެ. އަދި ޖާސޫސީ މަސައްކަތުގެ ބަދަލުގައި 132،000 ޑޮލަރަށް ވުރެ ގިނަ ޑޮލަރު އޭނާ ބަހާފައި ވެއެވެ. ޗައިނާއިން ދަނީ އުއިގޫރު މުސްލިމުން ކޮންޓްރޯލު ކޮށް އެމީހުންގެ އިންސާނީ ހައްގުތައް ނިގުޅަމުންނެވެ.

ގުޅުންހުރި ޚަބަރު