ދުނިޔެ
ޕާކިސްތާނުން ވަގު ޑިގްރީތަކާ ދެކޮޅަށް ފިޔަވަޅު އަޅަނީ
ޕާކިސްތާނުގެ ކުރީގެ ސިފައިންގެ ވެރިޔާގެ ބޭބެގެ ތައުލީމީ ޑިގްރީ އަކީ ފޭކް ޑިގްރީއެއްކަން ސާބިތުވުމުން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ޑެޕިއުޓީ ސްޓޭޝަން މެނޭޖަރުގެ މަގާމުން އިސްތިއުފާ ދޭން މަޖުބޫރުވިއެވެ. ވަގު ސެޓްފިކެޓްތަކާއި ޑިގްރީ ދޫކުރުމުގެ ވިޔަފާރިއަކީ ޕާކިސްތާނުގައި ނުރައްކާ ދަރަޖައަށް ފުޅާ ވިޔަފާރިއެކެވެ.
މިއަހަރުގެ ކުރީކޮޅު ޕާކިސްތާނުގައި ވަނީ ފޭކް ޑިގްރީ އުފައްދާ ގްރޫޕެއް އަތުލައިގަނެފައެވެ. 250 އަށް ވުރެ ގިނަ މީހުންނަށް ވަގު މާކްޝީޓާއި ޑިގްރީ ފޯރުކޮށްދީފައިވާ ކަމަށް އެ ގްރޫޕުން ވަނީ އެއްބަސްވެފަ އެވެ. އެމީހުން ވަނީ ކޮންމެ ޑޮކިއުމަންޓަކަށް އެއް މިލިއަނާއި 2 މިލިއަން ރުޕީސްއާ ދެމެދުގެ އަދަދެކެވެ. ވަގު ޑިގްރީތައް ޕާކިސްތާނުގައި ވިއްކުމުން އުސޫލުތައް ހަރުކަށި ކުރުމަށް ތަޢުލީމީ ދާއިރާއިން ގޮވާލާފައި ވެއެވެ.
ފޭކް ޑިގްރީއެއް ހުށަހެޅިކަން އެނގުމުގެ ކުރިން ޕީއައިއޭގެ މަސްއޫލުވެރިޔާ، އިގްބާލް ޖާވިދު ބަޖްވާ އަކީ ލަންޑަނުގައި ހުންނަ ޕީއައިއޭގެ ޑެޕިއުޓީ ސްޓޭޝަން މެނޭޖަރެވެ. އޭނާ އަކީ ސިފައިންގެ ކުރީގެ ވެރިޔާ ޤަމަރު ޖާވިދު ބަޖްވާގެ ބޭބެ އެވެ.
2020 ވަނަ އަހަރު ޕީއައިއޭގެ ދެ އޮފިޝަލަކު ވެސް ތައުލީމީ ފެންވަރު ޔަގީން ނުވުމުން އޮޅުވާލި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވެ އެވެ. ޕީއައިއޭގެ ގާތްގަނޑަކަށް 659 މުވައްޒަފަކަށް ފޭކް ޑިގްރީ ބޭނުންކޮށްގެން ވަޒީފާ ހޯދިކަމަށް ތުހުމަތުކޮށް ތަހުގީގު ކޮށްފައިވެއެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މީގެ ދެތިން އަހަރު ކުރިން ވަނީ ޑިގްރީ ތަކާ ގުޅޭ މައްސަލަތަކަކީ ޕާކިސްތާނަށް ކުރިމަތިލާން ޖެހިފައިވާ ދުނިޔޭގެ ފެންވަރުގެ ލަދުވެތިކަމެއް ކަމަށް ބުނެފަ އެވެ.
ކޯޓުން އެހެން ބުނެފައި ވަނީ ވަކީލުންތަކެއްވެސް އެފަދަ މައްސަލައެއްގައި ބަސްޓު ވުމުންނެވެ. ޕަންޖާބުގެ ހަތަރު ވަކީލަކު ޚިޔާލީ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލްކޮށްފައިވާކަން ވަނީ ސާބިތުވެފައެވެ. އެމީހުން ވަނީ ކޮންމެ ޑިގްރީއަކަށް އެއް މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.