ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
މޮދީ ރަޝިޔާއަށް ވަޑައިގަންނަވަނީ
ދުނިޔެ

މޮދީ ރަޝިޔާއަށް ވަޑައިގަންނަވަނީ

އއިބްރާހީމްް ސަމީރު20 އޮކްޓޯބަރު 2024
ރަޝިޔާގެ ކާޒާން ސިޓީގައި އަންނަ ހަފްތާގައި ބާއްވާ 16 ވަނަ ބްރިކްސް ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނިއުދިއްލީން އިއުލާންކޮށްފި އެވެ. އިންޑިއާ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ބްރިކްސްގެ މެމްބަރު ގައުމުތަކުގެ ވަޒީރުންނާއި ދައުވަތު ލިބިފައިވާ އެހެން ލީޑަރުންނާ އެކު ބައިލެޓަރަލް ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ބެލެވެ އެވެ. ބްރިކްސްގެ މިހާރުގެ ޗެއާމަނަކީ ރަޝިޔާއެވެ. ރަޝިޔާއިން އޮކްޓޯބަރު 22 އިން 24 އަށް ކާޒާން ސިޓީގައި ބާއްވާ އަހަރީ ސަމިޓްގެ ޝިއާރަކީ "ސްޓްރެންތްނިންގ މަލްޓިލެޓަރަލިޒަމް ފޯރ ޖަސްޓް ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސެކިއުރިޓީ" އެވެ. އެއީ ދުނިޔޭގެ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން ލީޑަރުންނަށް މަޝްވަރާ ކުރުމަށް މުހިންމު ޕްލެޓްފޯމެއް ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ. މޮދީގެ މި ދަތުރުފުޅަކީ މިއަހަރު ރަޝިޔާއަށް މޯދީ ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި މަހު އިސްލާމްއާބާދުގައި ބެއްވި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވުމަށް ޕާކިސްތާނުން ދިން ދައުވަތަށް މޮދީ އިޖާބައެއް ނުދެއްވިއެވެ. އޭނާގެ ބަދަލުގައި ފޮނުއްވީ ފޮރިން މިނިސްޓަރު ސުބްރަމަންޔަމް ޖައިޝަންކަރު އެވެ. މޯދީ އެންމެ ފަހުން ރަޝިޔާއަށް ވަޑައިގަތީ ތިން ވަނަ ދައުރަކަށް އަލުން އިންތިޚާބުވެވަޑައިގަތްތާ ހަފްތާތަކެއް ފަހުން ޖުލައި މަހު އެވެ.

ގުޅުންހުރި ޚަބަރު