ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ވިސްޓާރާގެ ފްލައިޓެއް ކުއްލިއަކަށް ކޮލޮމްބޯއަށް ޖައްސައިފި
ދުނިޔެ

ވިސްޓާރާގެ ފްލައިޓެއް ކުއްލިއަކަށް ކޮލޮމްބޯއަށް ޖައްސައިފި

އއިބްރާހީމްް ސަމީރު20 އޮކްޓޯބަރު 2024
އިންޑިއާގެ ވިސްޓާރާ އެއާލައިނުން އޮޕަރޭޓްކުރި ފްލައިޓެއް ކުއްލި ގޮތަކަށް ކޮލޮމްބޯ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ. އެ ބޯޓަށް ވަނީ ބޮމުގެ އިންޒާރެއް ދީފައެވެ. ބޯޓު ޖެއްސުމުގެ 10 މިނެޓް ކުރިން ފްލައިޓުގެ ކެޕްޓަނަށް ބޮމުގެ އިންޒާރު ލިބުނު ކަމަށް ރިޕޯޓްކުރުމުން އެ ނުރައްކަލާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ފަހު، ޕްރޮޓޮކޯލާ އެއްގޮތަށް، ކަމާބެހޭ ހުރިހާ އިދާރާތަކަށް ވަގުތުން އެކަން އަންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ކަމަށް އެއާޕޯޓުން ބުންޏެވެ. އެ ބޯޓު ދަތުރު ކުރީ 96 ފަސިންޖަރުންނާއި 8 ފަޅުވެރިންނާއެކު އެވެ. މި ބޯޓު ޖެއްސީ މެންދުން އަނބުރާ 3 ޖަހަނިކޮށެވެ. ބޯޓު ޖެއްސުމާއެކު ވަގުތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަސިންޖަރުން ބާލައި ޓާމިނަލަށް ގެނަސް ސަލާމަތީ ކަންކަން ޔަގީން ކުރެވުނެވެ. މި ހާދިސާއަކީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ އެއާލައިންތަކަށް އަމާޒުކޮށް ދެމުންދާ ބޮމުގެ އިންޒާރުގެ ސިލްސިލާގެ ބައެކެވެ. ހުކުރު ދުވަހު ދިއްލީން ލަންޑަނަށް ދަތުރުކުރި ވިސްޓާރާ ފްލައިޓަކަށްވެސް ވަނީ މިފަދަ އިންޒާރަކަށް ފަހު، ފްރެންކްފަރޓަށް ޑައިވަރޓްކޮށް، އެތަނުގައި ސެކިއުރިޓީ ޗެކް ކޮށްފައެވެ.

ގުޅުންހުރި ޚަބަރު