ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ހިތާވާން ބޭނުންނަމަ ތުނބުޅި މަތިމަސް ބާލައިގެން އަންނާތި!
ދުނިޔެ

ހިތާވާން ބޭނުންނަމަ ތުނބުޅި މަތިމަސް ބާލައިގެން އަންނާތި!

އއިބްރާހީމްް ސަމީރު21 އޮކްޓޯބަރު 2024
ފިރިހެނުންގެ ތުނބުޅީގައި މިހާރު އުކުނު އަޅަނީ ހެއްޔެވެ؟ ތުނބުޅި މަތިމަސް ބަހައްޓާ ފިރިހެނުންނާ ދެކޮޅަށް އިންޑިއާގެ އިންދޯރްގެ އަންހެނުން ހިނގާލުމެއް ބާއްވައިފިއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ "ހިތާވާން ބޭނުން ނަމަ، ތުނބުޅި ބާލާ" މިފަދައިން ބުނާ ބޯޑުތަކެއް ހިފައިގެން އަންހެނުން ހިނގާލުމެއް ބާއްވާ މަންޒަރެވެ. އިންދޯރްގެ އަންހެން ކުދިންގެ ހިނގާލުން، ފްރީ ޕްރެސް ޖާނަލް އިން ވަނީ ރިޕޯޓްކޮށްފައެވެ. "ނޯ ކްލީން ޝޭވް، ނޯ ލަވް" ކަމަށް މި އިވެންޓުގައި އަންހެން ކުދިން ސާފުކޮށް ބުނެދީފައި ވެއެވެ. މީހުންނަށް މިކަން ވެގެން ދިޔައީ މަޖާ ކަމަކަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ މިއީ މިސްމީޑިއާގައި މަޝްހުރުވާން ވެގެން ބަޔަކު ޖެއްސި ސްޓަންޓެއް ކަމަށެވެ. އެކްސްގައި މީހަކު ހިއްސާކުރި މި ވީޑިއޯ ވައިރަލްވެ، އަށް ލައްކަ އަށް ވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ. https://x.com/gharkekalesh/status/1846886788343750998  

ގުޅުންހުރި ޚަބަރު