ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ގަވަދާރް އިންޓަރނޭޝަލް އެއާޕޯޓު އިފްތިތާހު ކުރީ ދޮޅުހާސް ކިލޯމީޓަރު ދުރުން
ދުނިޔެ

ގަވަދާރް އިންޓަރނޭޝަލް އެއާޕޯޓު އިފްތިތާހު ކުރީ ދޮޅުހާސް ކިލޯމީޓަރު ދުރުން

އއިބްރާހީމްް ސަމީރު21 އޮކްޓޯބަރު 2024
ޝެންހާއި ކޯޕަރޭޝަން  އޮގަނައިޒޭޝަންގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގް ކުރެއްވި ދަތުރުފުޅުގައި، ގަވަދާރް އިންޓަރނޭޝަނަލް އެއާޕޯޓް އިފްތިތާޙު ކުރައްވައިފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާ ދެބޭފުޅުން މި އެއަރޕޯޓް އިފްތިތާޙު ކުރެއްވީ، ގަވަދާރާއި 1،500 ކިލޯމީޓަރު ދުރުގައި އިސްލާމްއާބާދުގައި ތިއްބަވައިގެންނެވެ. ގަވަދާރަކީ، ޕާކިސްތާނާއި ޗައިނާގެ ޝިންޖިއާންއާ ގުޅޭ މުހިންމު މަގު ގުޅުވައިދޭ ސިޓީއެވެ. މިއީ ޕާކިސްތާން ޗައިނާ އިކޮނޮމިކް ކޮރިޑޯ، ސީޕެކްގެ އެންމެ މުހިންމު އެއް މަޝްރޫޢެވެ. ހިތްހަމަ ނުޖެހިފައިވާ ބަލޯޗީން ގެންދަނީ، މި ސިޓީއަށާއި ޕާކިސްތާންގައި ތިބޭ ޗައިނާ މީހުންނަށް އަމާޒުކޮށް ހަމަލަ ދެމުންނެވެ. 200 މިލިއަން ޑޮލަރުގެ މަޝްރޫއު، ވާޗުއަލް ގޮތަކަށް ރިބަން ކަނޑާ ރަސްމިއްޔާތުން ދައްކައި ދެނީ، ބަލޫޗިސްތާނުގެ ސަލާމަތީ ހާލަތު ގޯސްވެފައިވާ މިންވަރާއި މުޅި ސީޕެކްގެ މަޝްރޫއަށް އޮތް މާހައުލެވެ. ޗައިނާއިން އެތައް ބިލިއަން ޑޮލަރުގެ ލޯނު ދީގެން ޕާކިސްތާންގައި ހިންގ މަޝްރޫއުތައް ސިފަ ކުރަނީ  "ސަރަހައްދީ ގުޅުމުގެ މައިލްސްޓޯނެއް" ގެ ގޮތުގައެވެ. ގަވަދާރް އިންޓަނޭޝަނަލް އެއާޕޯޓަކީ ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު ބަލޫޗިސްތާން ޕްރޮވިންސްގެ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއަށް އޮފިޝަލުން ތައުރީފު ކުރާއިރު، ބިންމަތީގެ ހާލަތުން ދައްކުވައިދެނީ އެއަށްވުރެ މާ ބިރުވެރި މަންޒަރެކެވެ. ބަލޯޗިސްތާނަކީ ގިނަ ދުވަސްތަކެއް ވަންދެން ވަކިވެގަތުމުގެ ހަރަކާތްތަކުގެ މަރުކަޒަކަށް ވެފައިވާ ތަނެކެވެ. ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) ފަދަ ޖަމާއަތްތަކުން ދެކެނީ ބޭރުގެ ފަރާތްތަކުން އެމީހުންގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ފޭރި ގަންނަނީ ކަމަށެވެ. މިއީ އާދައިގެ އިންޒާރުތަކެއް ނޫނެވެ. ޕާކިސްތާނުގައި ޗައިނާގެ މަސްލަހަތަށް ހަމަލާދިނުމުގެ އިޚްތިޔާރާއި ގާބިލްކަން ލިބިފައިވާ ކަމާއި އެމީހުން އެކަން ކުރާނެކަން ބީއެލްއޭ އިން ވަނީ ތަކުރާރުކޮށް ދައްކާފައެވެ. ގަވަދާރް އެއާޕޯޓަކީ ޗައިނާގައި ޕާކިސްތާނުން ހިންގާ ސީޕީއީސީގެ މަޝްރޫއުތަކުގެ ދިގު ލިސްޓުގައި ހިމެނޭ އެންމެ ފަހުގެ މަޝްރޫއެކެވެ. ޗައިނާގެ މުހިންމު ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން 2015 ވަނަ އަހަރު ފެށި 64 ބިލިއަން ޑޮލަރުގެ މި ސިލްސިލާ މަޝްރޫއުތަކަކީ ޕާކިސްތާނުގެ އިގްތިސާދު ބަދަލުކޮށް ލާނެ ކަމެއް ކަމަށް ބެލެވުނު މަޝްރޫއެކެވެ. ނަމަވެސް އޭގެ ބަދަލުގައި މިހާތަނަށް ފެނުނީ، އެއީ ދަރަނީގެ މަޅި އެއް ކަމަށެވެ. ސީޕެކް އިން ވައުދުވި ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައި ނުވަތަ އޭގެ ސްކޭލް ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ބައެއް މަޝްރޫޢުތަކުގެ ފައިދާ އަދިވެސް ނުފެނިފައެވެ. އެއް ޒަމާނެއްގައި ސީޕެކްގެ އަގު ހުރި ޖަވާހިރެއްގެ ގޮތުގައި ފާހަގަކުރެވުނު ގަވަދާރްގެ ފުން ބަނދަރު އަދިވެސް އޮންނަނީ ހުސްކޮށެވެ. ޗައިނާގެ ޝިންޖިއާން ޕްރޮވިންސާއި އަރަބި ކަނޑާ ގުޅުވައިލުމަށް ނިންމާފައިވާ 2،000 މޭލު ދިގު ހައިވޭ މަގުތަކާއި ރޭލު ދަތުރުފަތުރުގެ ނެޓްވޯކަކީ ހަގީގަތަށް ވުރެ ބޮޑަށް ޚިޔާލީ ތަނެކެވެ. ޗައިނާ ބޮޑު ވަޒީރު ޕްރިމިއާ ލީގެ ދަތުރުފުޅުގައި ޕާކސްތާނާއެކު އިތުރު 13 އެއްބަސްވުންތަކުގައި ސޮއިކުރެއްވިއެވެ. އޭގައި، ސަލާމަތީ ކަންކަމުން ފެށިގެން ތައުލީމީ ދާއިރާ ފަދަ އެތައް ކަމެއް ހިމެނޭ އެއްބަސްވުންތަކެއް ހިމެނެއެވެ.

ގުޅުންހުރި ޚަބަރު