ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިންޑިއާގެ ރައީސްގެ އެފްރިކާއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމުގެ ދަތުރު
ދުނިޔެ

އިންޑިއާގެ ރައީސްގެ އެފްރިކާއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމުގެ ދަތުރު

އއިބްރާހީމްް ސަމީރު21 އޮކްޓޯބަރު 2024
އިންޑިއާގެ ރައީސް ޑްރޫޕަދީ މުރުމު ވަނީ، އަލްޖީރިއާ، މޮރިޓޭނިއާ، އަދި މާލާވީއަށް ފުރަމާނަ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. މި ދަތުރުތަކަކީ، އެފްރިކާ ބައްރުގައި އިންޑިއާއަކީ "ރަހުމަތްތެރިއެއް" އަދި އެކުވެރިއެއްގެ ދައުރު ސާބިތު ކޮށްދެއްވުމަށް ކުރެއްވި ދަތުރުތަކެކެވެ. އެފްރިކާގެ އެއްބައިވަންތަކަމުގެ ޖަމުއިއްޔާގެ މެމްބަރު ގައުމުތަކާއި ތަރައްގީވެފައިވާ އިގްތިސާދުތަކުގެ މެދުގައި އިންވެސްޓްމަންޓްތަކާއި ތަރައްގީގެ އެއްބަސްވުންތަކުގައި މިހާރު އޮތް ހަމަހަމަކަން ގެއްލިފައިވާ ހާލަތު ފާހަގަކޮށް، އިންޑިއާއިން ވަނީ ހަމަހަމަކމެއް ގެނައުމަށް ޖީ 20ގެ ރިއާސަތުގައި ގޮވާލާފައެވެ. އެފްރިކާ ބައްރުގައި ވިޔަފާރިކުރާ ބޮޑެތި ގިނަ ގައުމުތަކުން އެފްރިކާ ބައްރުގެ ނާދިރު މައުދަނީ ވަސީލަތްތައް ބޭނުން ކުރަމުންދާއިރު، އެފްރިކާ ރައްޔިތުންނަށް އެއިން ފައިދާއެއް ނުލިބެއެވެ. ރައީސް މުރުމު އެފްރިކާގެ ލީޑަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އެފްރިކާއަށް ބޭނުންވަނީ ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ޕާޓްނަރުންނެވެ. ހަމަހަމަ ކަމާއެކު ބައިވެރިއެއްގެ ގޮތުން އިންވެސްޓްމަންޓް ކުރުމުގެ ސަބަބުން އެފްރިކާ ގައުމުތައް ބާރުވެރިކުރުވުމުގެ އިތުރުން ތަރައްގީއާއި އިގްތިސާދީ ތަފާތުކުރުން ނެތިގެން ދާނެއެވެ. އަދި ދެމެހެއްޓެނިވި ހަމަޖެހުމާއި ސަރަހައްދީ އެއްބައިވަންތަކަމާއި ސިނާއީ ތަރައްގީއަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޑިޖިޓަލް އިވޮލޫޝަން އައުމާއެކު، އެފްރިކާގެ ގިނަ ގައުމުތައް ވަނީ މެދުފަންތީގެ އާމްދަނީގެ ގްރޫޕަކަށް ބަދަލު ވެފައެވެ. ޒުވާނުންގެ އާބާދީ އިތުރުވުމާއެކު، އެފްރިކާގެ ގައުމުތަކަށް ވަނީ އައު ފުރުސަތުތައް ހުޅުވިފައެވެ. އިންޑިއާއިން ވަނީ އެފްރިކާގެ ދައުރު ފުޅާކުރުމަށް މަސައްކަތްތައް ކޮށްފައެވެ. 2023 ވަނަ އަހަރުގެ ޖޫން މަހު ޖީ20 ގެ ޗެއާމަންގެ ހައިސިއްޔަތުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އެފްރިކަން ޔޫނިއަން ޖީ20 ގެ ދާއިމީ މެމްބަރެއްގެ ގޮތުގައި ހިމެނުމަށް ހުށަހެޅުއްވާފައެވެ. ޖީ20 ގައި ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ 19 ގައުމެވެ. އެފްރިކާގެ ހަމައެކަނި ސަރުކާރުތަކުގެ ތެރޭން ދާއިމީ ގޮނޑިއެއް އޮތީ ކުރިން ދެކުނު އެފްރިކާ އަށް އެކަންޏެވެ. ދުނިޔޭގެ ދެކުނުގެ ސަރަހައްދުގެ ގައުމުތަކަށް ފޯކަސްކުރާ ގިނަ މުހައްލިލުން އެފްރިކަން ޔޫނިއަންއާއި އެ ޖަމާއަތުގެ 55 މެމްބަރު ގައުމު ޖީ20 ގައި ބައިވެރިކުރުމަށް އިންޑިއާއިން ގޮވާލި ދައުރު އުފަލާއެކު ފާހަގަ ކުރެއެވެ. އެހެންކަމުން، އިންޑިއާގެ ރައީސް މުރުމު އެފްރިކާގެ މި ތިން ޤައުމަށް ކުރެއްވި ދަތުރުފުޅަކީ، އެފްރިކާއާއި އިންޑިއާއާ ދެމެދު ދެމެހެއްޓެނިވި ސިޔާސީ އަދި އިޤްތިޞާދީ ޕާޓްނަރޝިޕަކަށް މަގުފަހިވެފައިވާ ދަތުރެއް ކަމަށް މުހައްލިލުން ދެކެއެވެ. މީގެ ދިހަ އަހަރު ކުރިން އިގްތިސާދީ ގޮތުން އިންޑިއާގެ އަޑު އިވިފައި ނުވި ނަމަވެސް މިއަދު 1.4 ބިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ އަކީ ދުނިޔޭގެ އިގްތިސާދީ ބާރުގަދަ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ގައުމެކެވެ. އަދި އިންޑިއާއަކީ އެފްރިކާގައި އިންފްރާސްޓްރަކްޗަރއަށް އިންވެސްޓް ކުރާ ޤައުމެކެވެ.

ގުޅުންހުރި ޚަބަރު