ދިވެހި|English 9 ޖުލައި 2026 · 05:08
Top banner
Advertisement
ޑޮކްޓަރު މަރާލީ އަނިޔާކޮށްގެން ކަން ސާބިތު ވެއްޖެ
ދުނިޔެ

ޑޮކްޓަރު މަރާލީ އަނިޔާކޮށްގެން ކަން ސާބިތު ވެއްޖެ

އއިބްރާހީމްް ސަމީރު22 އޮކްޓޯބަރު 2024
ޕާކިސްތާންގައި ދީނަށް ފުރައްސާރަ ކުރިކަމަށް ބުނެ، ފުލުހުން ހައްޔަރުކުރި، ޑޮކްޓަރު މަރާލާފައި ވަނީ އަނިޔާކޮށްގެން ކަން އޭނާގެ އޮޓޮޕްސީ ރިޕޯޓުން ހާމަވެއްޖެއެވެ. މީރުޕޫރުޚާސްގައި ފުލުހުން ހިންގި ކުރިމަތި ލުމެއްގައި މަރާލި ޑރ ޝަހުނަވާޒް ކުންބަރުގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހުރިކަން އެނގުނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގަބުރުކޮނެގެން ނަގައިގެން ހެދި އޮޓޮޕްސީއަކުންނެވެ. އޮކްޓޯބަރު 16 ވަނަ ދުވަހު މެޑިކަލް ބޯޑެއްގެ ބެލުމުގެ ދަށުން ޑރ ކުންބަރުގެ މަހާނަ ކޮނެގެން ޕޯސްޓްމޯޓަމް ހެދިއިރު ފުރަތަމަ ރިޕޯޓުން ވަނީ ކަށިތައް ބިންދާފައިވާ ކަމާއި އަނިޔާތައް ކޮށްފައިވާ ކަން ހާމަވެފައެވެ. ވަގުތީ ރިޕޯޓުގައިވާ ގޮތުން ސްޕެޝަލް މެޑިކަލް ބޯޑުގެ މެމްބަރުންގެ އިއްތިފާގު ވަނީ އޭނާ މަރާލާފައި ވަނީ މޭމައްޗަށް އަމާޒުކޮށް ބަޑީގެ އުންޑައެއް ފޮނުވައިގެންނެވެ. އަދި އޭނާއަށް ކޮށްފައިވާ އަނިޔާތަކަކީ އާދައިގެ ގޮތެއްގައިވެސް މަރުވުމަށް ފުދޭވަރުގެ އަނިޔާއެއް ކަމަށް ބުނެފައި ވެއެވެ. "މޭ ކަށީގެ ތިރީ ހަތަރު ކަށިގަނޑު ފަޅައިގެން ދިއުމަކީ މަރުވެފައިވާ ޑރ ޝަހުނަވާޒް ކުންބަރުގެ މޭމަތީގައި ބާރުގަދަ އެއްޗަކުން ޖަހާފައިވާ ކަމެއް އެނގޭކަމެއް،" ޑރ ވަސީމް ޚާން، ޑރ ތާހިރު ގުރޭޝީ، ޕްރޮފެސަރ ޑރ ވާހިދު ނަހްޔޫން، ޑރ އަބްދުލް ސަމަދު މެމަން އަދި ޕެތޮލޮޖިސްޓް ޑރ ރާހިލް ޚާން ސޮއިކޮށްފައިވާ ރިޕޯޓުގައިވެ އެވެ. އާއިލާއިން ކުރިންވެސް ޝައްކު ކުރީ އޭނާއަށް އަނިޔާކޮށް މަރާލާފައިވާ ކަމަށެވެ. އަދި އޭނާގެ ގަބުރު ރޯކޮށްލަން އުޅުނީ ހެކި ފޮރުވުމަށް ކަމަށްވެސް އެމީހުން ބުންޏެވެ. ޑޮކްޓަރުންގެ މި ހޯދުންތައް ބިނާވެފައިވަނީ ޖިސްމާނީ ތަހުލީލާއި އެކްސްރޭ ނަތީޖާގެ މައްޗަށް ބިނާކޮށެވެ. ޑރ ކުންބާރުގެ އާއިލާއިން ވަނީ ޑިސްޓްރިކްޓް ހެޑްކުއާޓަރުގެ ހޮސްޕިޓަލް މީރުޕޫރުޚާސްގައި ފުރަތަމަ ޕޯސްޓްމޯޓަމް ހަދައި އޮޅުވާލަން އުޅުނު ޑޮކްޓަރުންގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ވެސް ގޮވާލާފައެވެ. އެމީހުން ވަނީ އަނިޔާގެ ހެކި ފޮރުވަން އުޅެފައި ކަމަށް ތުހުމަތުކޮށްފައެވެ. އަދި ހެކި ފޮރުވުން އުޅުމުކަމުގައި ޕާކިސްތާނުގެ ގާނޫނުލް އުގޫބާތުގެ 201 ވަނަ މާއްދާގެ ދަށުން ޑޮކްޓަރުންނާ ސުވާލު ކުރުމަށް ވެސް އާއިލާއިން ވަނީ އެދެފަ އެވެ.

ގުޅުންހުރި ޚަބަރު