ދިވެހި|English 9 ޖުލައި 2026 · 05:09
Top banner
Advertisement
އީރާނުން ގެންގުޅުނު ޖާސޫސުންގެ ދެވަނަ ޓީމެއް އަތުލައިގެންފި
ދުނިޔެ

އީރާނުން ގެންގުޅުނު ޖާސޫސުންގެ ދެވަނަ ޓީމެއް އަތުލައިގެންފި

އއިބްރާހީމްް ސަމީރު23 އޮކްޓޯބަރު 2024
އީރާނަށް ޖާސޫސްކޮށްދިނުމުގެ މަސައްކަތުގައި އުޅުނު ޔަހޫދީންގެ ދެވަނަ ޓީމެއް އަތުލައިގެންފިކަމަށް ޒަޔަނިސްޓުންގެ ދާޚިލީ ސަލާމަތާ ބެހޭ ޝިންބެޓް އިދާރާއިން ބުނެފިއެވެ. މިމީހުންގެ އިސްމީހަކަށް ހުރީ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. އަޒަރުބައިޖާނުން ހިޖުރަކޮށްފައިވާ މިމީހުންނަކީ، ސިޔާސީ ލީޑަރުންނާއި ސައިންޓިސްޓުންނާއި ފުލުހުންނަށް ޙަމަލަ ދިނުމަށް ފައީސާ ދީފައިވާ ބައެއް ކަމަށް ބުނެއެވެ. ހިފާފައިޥާ ޤުދުސްއިން ހައްޔަރުކޮށްފައިވާ މި ހަތް މީހުންގެ ކުރިން ހައިފާއިން އިތުރު 7 މީހަކު މީގެ ކުރިން ހައްޔަރުކޮށްފައި ވެއެވެ. އީރާނުން މިނޫނަސް އަދި އެތައް ޓީމެއް ގެންގުޅޭނެ ކަމަށް ބެލެވެއެވެ. މިއިން އަންގައި ދީފައި ވަނީ އީރާނުން މަސައްކަތް ކޮށްފިނަމަ އިޒްރޭލުގެ އެތެރެއަށް ފޭދި ގަނެވިދާނެ ކަމެވެ. އެމެރިކާގެ ދިފާއީ ވުޒާރާއާއި ޖާސޫސީ އިދާރާގެ ލިޔުންތަކެއް އީރާނުން ފާއްދާލުމުން އެމައްސަލަވެސް އެމެރިކާއިން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު