ދިވެހި|English 9 ޖުލައި 2026 · 05:08
Top banner
Advertisement
ޗައިނާގައި މުސްލިމުން
ދުނިޔެ

ޗައިނާގައި މުސްލިމުން

އއިބްރާހީމްް ސަމީރު23 އޮކްޓޯބަރު 2024
ޗައިނާގެ އާބާދީގެ %1 އާއި %1.5 އާއި ދެމެދުގެ އަދަދަކަށް މުސްލިމުން ހިމެނެއެވެ. ޗައިނާގެ ޝިންޖިއާންގެ ހުޅަނގު އުތުރު ސަރަހައްދުގައި އުއިގޫރު އާބާދީއާއި ގިނައިން މުސްލިމުން ދިރިއުޅޭ އެހެން ނަސްލުތަކާ ދެކޮޅަށް ނަސްލު ނައްތާލުމަށް މަސައްކަތް ކުރާ ކަމުގެ ރިޕޯޓްތައް ދައުރުވަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ޗައިނާގެ 2020 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު، މި ސަރަހައްދުގައި 11 މިލިއަނަށްވުރެ ގިނަ އުއިގޫރު މީހުން އުޅެއެވެ. އުއިގޫރު މީހުންނަށް ޗައިނާއިން އަނިޔާވެރިވީ އެމީހުން ތުރުކީ ބަހާއި އެއްގޮތް ބަހުން ވާހަކަ ދައްކާތީ، އަދި ސަގާފީ ގޮތުންނާއި ނަސްލީ ގޮތުން މެދު ތެރޭ އޭޝިއާގެ ގައުމުތަކާ ގާތް ބައެއްކަމަށް ބަލައިގެންނެވެ. ޗައިނާއިން ވަނީ ޗައިނާ ވައްތަރަށް އިސްލާމްދީން ބަދަލު ކުރުމަށް ހަރަކާތެއް ފަށާފައެވެ. އަދި މުސްލިމުންގެ ސިކުނޑި ދޮވެލުމަށް ޚާއްސަ ކޭމްޕްތައްވެސް ހިންގަމުން ގެންދެއެވެ. ޗައިނާއިން ކިޔާ 'ރީ އެޑިއުކޭޝަން ކޭމްޕްތަކުގެ' ބޮޑު ނެޓްވޯކެއްގައި ފާއިތުވި މަދު އަހަރުތަކުގައި އެއް މިލިއަނަށް ވުރެ ގިނަ އުއިގޫރު މުސްލިމުން އަޅުވެތިކޮށް، އެތައް ލައްކަ މީހުންނަށް ޖަލު ހުކުމް އިއްވާފައިވެ އެވެ. އުއިގޫރުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ދަރން ނުލިބޭ ގޮތަށް މާސް ސްޓިރިލައިޒޭޝަން ޕްރޮގްރާމެއް ހިންގާފައިވާއިރު، ޗައިނާއިން ހަދާފައިވާ ޖަލުތަކާއި ފެކްޓްރީތަކުގައި މަޖުބޫރުކޮށްގެން މަސައްކަތް ކުރުމަށް އެތައް ހާސް އުއިގޫރު މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ޝިންޖިއާންގައި ދީނީ ޝިއާރު ފާޅުކުރުން މަނާކޮށް، މިސްކިތްތަކުގެ މުންނާރާއި ގުއްބުތައް ތަޅާލައި، ޒިޔާރަތްތަކާއި މަހާނަތަކުގެ މަހާނަ ގާތައް ނަގައި އެތަންތަން ބިމާ އެއްވަރުކޮށްފައެވެ. އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން މިކަން އާންމުކޮށް ސަމާލުކަމަށް ގެނައުމުންވެސް ޗައިނާއިން އުއިގޫރުންނަށް ކުރާ އަނިޔާތައް ހުއްޓިފައެއް ނުވެ އެވެ. 2020-21 ވަނަ އަހަރު ޗައިނާއިން ވަނީ ހޫއީ މުސްލިމް ޖަމާއަތަށް އަމާޒުކޮށް މުޅި ގައުމުގެ އެތައް ހާސް މިސްކިތްތަކެއްގެ ގުއްބުތަކާއި މުންނާރުތައް ނަގައިފަ އެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބެލީ އެއީ، ބޭރުގެ ސައުދީ އަދި އަރަބި ދީނީ ނުފޫޒުގެ ނިޝާންތަކެއް ކަމަށެވެ. ޗައިނާއިން ގުއްބުތައް ތަޅާލީ އެއީ އިސްލާމީ އާކިޓެކްޗާގެ ރަމްޒެއް ކަމުގައިވާތިއާއި އެއީ ޗައިނާގެ އަސްލު އެއްޗަކަށް ނުވާތީއެވެ. މިއީ މުސްލިމުން ސަގާފީ ގޮތުން ޗައިނާ މީހުންނަށް ހެދުމަށް ޗައިނާގައި ބޭނުން ކުރާ ސިނިސައިޒް ސިޔާސަތު ކުރިއަށް ގެންގިސް ބާރު ދެއްކުމުގެ ބައެކެވެ.

ގުޅުންހުރި ޚަބަރު