ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޝީ ޖިންޕިންއާއި މޮދީގެ މަޝްވަރާތައް ބާއްވައިފި
ދުނިޔެ

ޝީ ޖިންޕިންއާއި މޮދީގެ މަޝްވަރާތައް ބާއްވައިފި

އއިބްރާހީމްް ސަމީރު24 އޮކްޓޯބަރު 2024
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބްރިކްސް ސަމިޓްގެ ހަވާސާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި، އިރުމަތީ ލަދާކްގެ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލްގައި ޕެޓްރޯލް ކުރުމުގެ އިންތިޒާމުތަކާ ބެހޭ ގޮތުން މި ހަފްތާގެ ކުރީކޮޅު ދެގައުމުން ވެފައިވާ އެއްބަސްވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އިންޑިއާ ބޮޑުވަޒީރު ވިދާޅުވީ ބޯޑަރުގައި ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަކީ ދެގައުމުން އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށާއި ދެގައުމުގެ ގުޅުމުގެ އަސާސެއްގެ ގޮތުގައި ދެގައުމުގެ އިތުބާރު ދެމިއޮންނަން ޖެހޭނެ ކަމަށެވެ. މޮދީ ވިދާޅުވީ އިންޑިއާ އާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި ދެގައުމުގެ ރައްޔިތުންނެއް ނޫން ކަމަށާއި އެއީ، ދުނިޔޭގެ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް ވެސް މުހިންމު ގުޅުމެއް ކަމަށެވެ. "އަޅުގަނޑުމެން ރަސްމީ ބައްދަލު ވުމެއް މި ބާއްވަނީ ފަސް އަހަރަށް ފަހު.  އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިންޑިއާ އާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ރައްޔިތުންނެއް ނޫން ނަމަވެސް ދުނިޔޭގެ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް ވެސް ވަރަށް މުހިންމު ގުޅުމެއް މި ގުޅުން ދެމެހެއްޓުމަކީ." ޝީއާ އެކު އޮތް ރަސްމީ މަޝްވަރާތަކުގައި މޮދީ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު