ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދެކުނު ކޮރެއާގެ އިނާމު ލިބުނު ލިޔުންތެރިޔާގެ ފޮތާ މީހުން ދެކޮޅު
ދުނިޔެ

ދެކުނު ކޮރެއާގެ އިނާމު ލިބުނު ލިޔުންތެރިޔާގެ ފޮތާ މީހުން ދެކޮޅު

އއިބްރާހީމްް ސަމީރު24 އޮކްޓޯބަރު 2024
އަދަބުގެ ރޮނގުން މިއަހަރު ނޯބެލްގެ އިނާމު ލިބުނު ދެކުނު ކޮރެއާ ލިޔުންތެރިޔާގެ ފޮތްތައް ސްކޫލު ލައިބްރަރީތަކުން ނެގުމަށް ގޮވަމުން ބެލެނިވެރިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާއަށް ނޯބެލްގެ އިނާމު ލިބުނީ "ދަ ވެޖިޓޭރިއަން" ވާހަކަ ލިޔުނު ހާންގ ކާންގއަށެވެ. ބެލެނިވެރިން މައސަލަ ޖައްސަމުން ބުނަމުން ދަނީ އެ ވާހަކަ ފޮތަކީ ސްކޫލު ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އަނިޔާތަކާއި އުމުރާ ނުގުޅޭ ވާހަކަތައް ހުރި ފޮތެއް ކަމަށެވެ. އިނާމު ލިބުމުގެ ކުރިންވެސް ކޮރެއާ ގައި އެ ފޮތާ މެދު ޚިޔާލު ތަފާތުވެ ސްކޫލުތަކުން ފޮތް ނެގުމަށް ނޫނީ ކުޑަކުދިންނާ ނުގުޅޭ ފެންވަރުގެ ފޮތެއް ކަމަށް ލޭބަލް ކުރުމަށް އެދިފައި ވެއެވެ. މިއީ ހުޅަނގުގެ ނުރަނގަޅު ރޭވުމެއްގެ ދަށުން ކޮށްފައިވާ ކަމެއްކަމަށްވެސް ބައެއް ބެލެނިވެރިން ދަނި ބުނަމުންނެވެ. ނަމަވެސް ސެންސަރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީންވެސް ދަނީ ބުނަމުންނެވެ.

ގުޅުންހުރި ޚަބަރު