ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޓިނުބެ ކެބިނެޓަށް ބަދަލުތަކެއް ގެނަސްފި
ދުނިޔެ

ޓިނުބެ ކެބިނެޓަށް ބަދަލުތަކެއް ގެނަސްފި

އއިބްރާހީމްް ސަމީރު25 އޮކްޓޯބަރު 2024
ނައިޖީރިއާގެ ރައީސް ބޮލާ ޓިނުބެ ވަނީ އޭނާގެ ވެރިކަން ހަރުދަނާ ކުރުމުގެ މަގުސަދުގައި ކެބިނެޓަށް ބޮޑު ބަދަލެއް ގެނެސް ފަސް މިނިސްޓަރުން ވަކިކުރައްވައި އާ ހަތް ވަޒީރުން އައްޔަން ކުރައްވާފަ އެވެ. އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމުގެ ކެބިނެޓަށް މި ބަދަލު ގެނަންނަވަނީ އިގްތިސާދީ ދަތިތަކާއި ވެރިކަމާ މެދު ރައްޔިތުންގެ މާޔޫސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ނައިޖޭރިއާ ސަރުކާރުން ބުނެފައި ވަނީ އިންސާނީ އެހީތެރިކަމާއި ފަގީރުކަން ކުޑަކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ލޭބަރ އަދި ލައިވްސްޓޮކް ޑިވެލޮޕްމަންޓާއި ފޮރިން އެފެއާޒް، އެޑިއުކޭޝަން، އަދި ހައުސިންއަށް މިނިސްޓަރުންނާއި ޖޫނިއާ މިނިސްޓަރުން އައްޔަން ކޮށް ބަދަލު ކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު ޓިނުބެ ވެރިކަމާ ހަވާލުވެވަޑައިގެން ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާއި ހީނަރުވަމުން އަންނަ ބޭރުގެ އިންވެސްޓްމަންޓްތައް ވަރުގަދަ ކުރުމަށް އިސްލާހުތަކެއް ތައާރަފް ކުރެއްވި އެވެ. އެކަމަކު އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ނައިޖީރިއާގެ އިންފްލޭޝަން ރޭޓް އުޅެނީ 28 އަހަރުގެ ތެރޭގައި އެންމެ މަތީ ދަރަޖައިގައެވެ. ދިރިއުޅުމުގެ ޚަރަދުގެ ދަތިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ މާޔޫސްކަމުގެ ސަބަބުން ފަހަކަށް އައިސް ގިނަ ބަޔަކު ވަނީ މުޒާހަރާތައް ވެސް ކޮށްފަ އެވެ. އޮގަސްޓް މަހު ޒުވާނުންނަށް ރަނގަޅު ފުރުސަތުތަކާއި ވަޒީފާތައް ހޯދައިދިނުމަށް އެދި ކުރި މުޒާހަރާތަކުގައި ބަޑިޖަހައިގެން 20 މީހަކު  މަރާލާފައި އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެފްރިކާގައި ސާފުނުކުރާ ތެޔޮ އެންމެ ގިނައިން އުފައްދާ އެއް ގައުމު ކަމުގައިވާ ނައިޖީރިއާ އަކީ ދުނިޔޭގެ އެންމެ ފަގީރު އެއް ގައުމެވެ. އެ ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަންގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމާ ނުބައްދަލު މަތީ ފެންވަރެއްގައި މަސްއޫލުވެރިން ދިރިއުޅުން ބަހައްޓައެވެ. މުސާރަ ކުޑަވެގެން މެޑިކަލް ޕްރޮފެޝަނަލުން އަބަދު މުޒާހަރާ ކުރެއެވެ. މިދިޔަ އަހަރު ޓިނުބެ ވަނީ އޭނާގެ ރިޔާސީ ޔޮޓުގެ މަރާމާތަށާއި އަނބިކަނބަލުންގެ ސްޕޯޓް ޔުޓިލިޓީ ވެހިކަލްތަކަށް އެތައް މިލިއަން ޑޮލަރެއް ޚަރަދު ކުރުމަށް ނިންމަވާފައެވެ.

ގުޅުންހުރި ޚަބަރު