ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިންޑިއާ ސަފީރަށް ކެނެޑާގައި ސިކުން ހަމަލަދޭން އުޅުނު
ދުނިޔެ

އިންޑިއާ ސަފީރަށް ކެނެޑާގައި ސިކުން ހަމަލަދޭން އުޅުނު

އއިބްރާހީމްް ސަމީރު26 އޮކްޓޯބަރު 2024
ކެނެޑާގައި ހުންނަވި ދުވަސްވަރު ދިމާވެވަޑައިގަތް ބިރުވެރި ވަގުތުކޮޅަކާ ބެހޭ މަޢުލޫމާތު، އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ވަރްމާ މީޑިއާއާ ޙިއްސާ ކުރައްވައިފިއެވެ. ކެނެޑާއާއި އިންޑިއާގެ މައްސަލަ ގޯސްވުމުގެ ސަބަބުން އިންޑިއާ ސަރުކާރުން ވަނީ ސަންޖޭ ވަރުމާ ނިއުދިއްލީއަށް ގެނަސްފައެވެ. ސަންޖޭ ވަރުމާ ވިދާޅުވީ، އޭނާގެ އަންހެނުންނާ އެކު އަލްބަޓާގައި އުޅުއްވި ދުވަހެއްގައި ޚާލިސްތާނީ ޓެރަރިސްޓުން ކަނޑިއަކުން އޭނާއަށް ހަމަލަ ދޭން ދިމާކުރި ކަމަށެވެ. އޭއެންއައިއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަރްމާ ވިދާޅުވީ ޚާލިސްތާނީ "ގޫންސް" އޭނާގެ ފުރާނައަށް ނުރައްކާ ކުރަން އުޅުނު ކަމަށާއި ސަލާމަތްވެ ވަޑައިގަތީ ހަމަ ކިރިޔާ ކަމަށެވެ. އޭނާ ވިދާޅުވީ ސިކުން ގެންގުޅެނީ އަސްލު ކަނޑިކަމަށާއި އެއީ ދީނީ ގޮތުން އެމީހުން އެބުނާ ކިރުޕަން އެއް ނޫން ކަމަށެވެ. ވަރުމާ ވިދާޅުވީ އޭނާއާ ދެތިން އިންޗި ކައިރިއަށް އެމީހުން ކަނޑި ހޫރާލި ކަމަށެވެ. އަދި އެކަމެއް ހިނގި ވަގުތު އޭނާގެ އަނބިކަނބަލުންވެސް ކައިރީގައި ހުންނެވިކަމަށް ވިދާޅުވިއެވެ. އަލްބާޓާގައި އޭނާއަށް ޙަމަލަ ދޭން އުޅުނީ އިންޑިއާ ދަރިކޮޅުގެ މީހުން އިންތިޒާމު ކުރި ޑިނާ ޕާޓީއެއް ބާއްވާފައި އޮތް ހޯލެއްގެ ބޭރުގައި ކަމަށްވެސް ވިދާޅުވިއެވެ. އޭނާއަށް ހަމަލަދޭން އުޅުނު ގޭންގްގައި 150އެއްހައި މީހުން އުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވަރްމާ ވިދާޅުވީ އެމައްސަލަ ޕޮލިހަށް ހުށަހެޅުއްވި ކަމަށާއި އެކަމާ ބެހޭ ތަފްސީލެއް ކެނެޑާ ސަރުކާރުން ދީފައި ނުވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު

އިންޑިއާ ސަފީރަށް ކެނެޑާގައި ސިކުން ހަމަލަދޭން އުޅުނު · HIRI NEWS