ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޙިޒުބުﷲގެ ހަމަލަތައް ޒަޔަނިސްޓުންގެ ޖާސޫސީ މަރުކަޒަށް
ދުނިޔެ

ޙިޒުބުﷲގެ ހަމަލަތައް ޒަޔަނިސްޓުންގެ ޖާސޫސީ މަރުކަޒަށް

އއިބްރާހީމްް ސަމީރު27 އޮކްޓޯބަރު 2024
ޚައިބަރުގެ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން، ހިޒްބުالله އިން ވަނީ ޓެލްއަވީވްގެ ދެކުނުގައި އޮންނަ ތެއްލުއްނައުފް ވައިގެ މަރުކަޒަށް ހަމަލަ ދީފައެވެ. މިއަދު، ހެނދުނު 11:30 ހާއިރު، ހިޒްބުالله އިން ދިން ހަމަލަ އޭގެ އަމާޒަށް ފޯރާފައިވެއެވެ. އަދި 12:15ގައި ސަފަދުގައި ހުންނަ ޒަޔަނިސްޓުންގެ ޖާސުސީ މަރުކަޒަށާއި މިޝާރު އަސްކަރީ މަރުކަޒަށްވެސް ހަމަލަ ދީފައި ވެއެވެ. މިތަންތަނަށް ދީފައި ވަނީ ޑްރޯން ހަމަލަތަކެވެ. މިސައިލްތަކުން ހަމަލަ ދީފައި ވަނީ ހިފާފައިވާ ހައިފާ ސިޓީގެ އުތުރަށާއި ކިރިޔާތު ޝްމޯނާއަށެވެ. ދެ ތަނަށް ވެސް ހަމަލަ ދިނީ އިރު މެދު ޖެހުނުތަނާ އެވެ. މެންދުރު 1:35 ހާއިރު ހިޒްބުالله އިން ވަނީ "މެޓްސޯވާ" އާބާދީއަށް މިސައިލް ލޯންޗުކޮށްފައެވެ.

ގުޅުންހުރި ޚަބަރު