ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޗައިނާއިން ބާރު ދައްކާތީ އެމެރިކާ ނުރުހޭ
ދުނިޔެ

ޗައިނާއިން ބާރު ދައްކާތީ އެމެރިކާ ނުރުހޭ

އއިބްރާހީމްް ސަމީރު29 އޮކްޓޯބަރު 2024
ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބާރެވެ. ޗައިނާއަށް ފާޑު ކިޔާ ފަރާތްތަކުން ބުނަނީ، ދުނިޔޭގެ މައިދާނުގައި އެގައުމުގެ މަސްލަހަތާއި ބާރު ސާބިތުކުރުމަށް "ލޯފެއާ" ހިންގަމުން ގެންދާ ކަމަށެވެ. ލޯފެއާ އަކީ ބާރު ދެއްކުމަށް ގާނޫނުގެ ބާރު ބޭނުންކޮށް ނަހަމަ ބޭނުން ހިފުމެވެ. ލޯފެއާގައި ހިމެނެނީ ބާރުގެ ބޭނުން ނުކޮށް ސިޔާސީ ނުވަތަ އަސްކަރީ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި ގާނޫނީ ނިޒާމުތަކާއި ބައިނަލްއަގްވާމީ ޖަމާއަތްތައް ސްޓްރެޓެޖިކް ގޮތެއްގައި ބޭނުންކޮށް މެނިޕިއުލޭޓް ކުރުމެވެ. ޗައިނާއިން ވަނީ "ތިން ހަނގުރާމަ" ސްޓްރެޓެޖީއެއް އިއުލާން ކޮށްފައެވެ. އޭގެ މުހިއްމު އެއް އުކުޅަކީ ލޯފެއާ އެވެ. އޭގެ ތެރޭގައި ނަފްސާނީ އަދި މީޑިއާ ހަނގުރާމަތައް ވެސް ހިމެނޭކަމަށް ފާޑުކިޔުންތެރިން ބުނެއެވެ. ދެކުނު ޗައިނާ ކަނޑުގައި ބައިނަލްއަގްވާމީ ގޮތުން ފުޅާދާއިރާއެއްގައި ޗައިނާއަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ޗައިނާއިން ވަނީ "ނުވަ ޑޭޝް ލައިން" އާއި ތާރީޚީ ހައްގުތަކުގެ ދައުވާތައް ފަދަ އުސޫލުތައް ބޭނުންކޮށްފަ އެވެ. މިކަންކަމަކީ، ސީދާ ފިލިޕީންސް އާއި ވިއެޓްނާމް ފަދަ އަވަށްޓެރި ގައުމުތަކުގެ އެކްސްކްލޫސިވް އިގްތިސާދީ ސަރަހައްދުތަކާ ފުށުއަރާ ކަންކަމެވެ. މީގެ އިތުރުން ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ހުށަހެޅުން ދެކޮޅު ހަދާ ބައިނަލްއަގްވާމީ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަން ފަދަ ބައިނަލްއަގްވާމީ އިދާރާތަކުގެ ހުކުމްތައްވެސް ބޮލާލައި ޖަހާފަ އެވެ. ބެއިޖިން އިން ބުނާ ގޮތުގައި ބައިނަލްއަގްވާމީ ގާނޫނަށް ވުރެ އެގައުމުގެ އަމިއްލަ ގާނޫނުތަކަށް އިސްކަން ދެވޭނެއެވެ. މިއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އިން ދައުލަތުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމާ ގުޅޭ "މުހިއްމު މަސްލަހަތު" މާނަކުރުމުގައި ގެންގުޅޭ ސްޓޭންޑެކެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ޓައިވާން އެކަހެރި ކުރުމަށް ވެސް ސީސީޕީން ވަނީ ގާނޫނީ އުސޫލުތައް ބޭނުންކޮށް، ޖަޒީރާ ގައުމު ބައިނަލްއަގްވާމީ މުޖުތަމައުން ބާކީކޮށް، ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ބާރުއަޅާފައެވެ. ޖައްވީ ރޭސް ހޫނުވަމުންދާއިރު، ޗައިނާއިން މިހާރު ދަނީ ޖައްވީ ހޯދުމާއި ވަސީލަތްތައް ނެގުމާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތައް ބައްޓަން ކުރަމުން، ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިއީ ހުޅަނގުގެ ނުފޫޒު އޮތް އިރު އެމީހުންވެސް އަމަލު ކުރިގޮތެވެ. ޗައިނާއިން އަޅާ މިފަދަ ފިޔަވަޅުތަކުން އެންމެ ބޮޑަށް ނުތަނަވަސް ވަނީ އެމެރިކާއާއި ހުޅަނގެއެވެ. އެހެންވެ، އެމެރިކާ އާއި އެގައުމުގެ އެކުވެރިން ފިޔަވަޅު އެޅުމަށްވެސް ގޮވާލަމުން ދެއެވެ.

ގުޅުންހުރި ޚަބަރު