ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ރާމާމަކުނަށް ކާން ދޭން ރެސްޓޯރެންޓެއް ހުޅުވިނަމަ!
ދުނިޔެ

ރާމާމަކުނަށް ކާން ދޭން ރެސްޓޯރެންޓެއް ހުޅުވިނަމަ!

އއިބްރާހީމްް ސަމީރު30 އޮކްޓޯބަރު 2024
އިންޑިއާގެ ފައިޒްއާބާދު އޭ ބުނެފިނަމަ ތިބާއަކަށް ނޭގޭނެއެވެ! އެކަމަކު ބާބްރީ މަސްޖިދޭ ބުނެފިނަމަ އެނގޭނެއެވެ. ބާބަރު ރަސްގެފާނު ބިނާ ކުރެއްވި މިސްކިތް ހުރީ ފައިޒްއާބާދުގައެވެ. ފައިޒްއާބާދަކީ، ނަވާބުން ވެރިކަންކުރި ޢަވަޟް ނަމަކަށް ކިޔާ ދައުލަތުގެ ވެރިރަށެވެ. މިއަދުވެސް ފައިޒްއާބާދު ތާރީޚާއި ޒަމާނާއި މަކާނުން ފޮހެވިގެން ގޮސްފައެއް ނުވެއެވެ. ފައިޒްއާބާދަކީ މިހާރު އަޔޯދިޔާއެވެ. އަދި ފައިޒްއާބާދަކީ މިހާރުގެ އަޔޯދިޔާގެ އެއް އަވަށަށެވެ. ޙަމްދު ކިޔައި ޝުކުރުކޮށްލާށެވެ! ނަވާބު ދަރިކޮޅުން ބިނާކުރި ޢަވަޟް ދައުލަތަކީ، އިންޑިއާއަށް ފައިޒްއާބާދާއި ލަކްނައު ސިޓީގެ ސަގާފަތާއި އުރުދޫ އަދަބީ ތަރިކަ އާއި ފަންނުވެރި ދިރިއުޅުމާއި މަތީފެންވަރުގެ އާދަކާދަ ތައާރަފް ކޮށްދިން ދައުލަތެވެ. އިންޑިއާގެ "ކަތަކް ޑާންސް" ދުށިން ހެއްޔެވެ؟ އެއީ އަވަޟް ރަސްކަމުގައި ލަކްނައުގައި ގަނޑުވަރު ތެރޭން ތައާރަފް ވެގެންދިޔަ ޑާންސެކެވެ. އަދިވެސް ލަކްނައުގައި ކޮންމެ ދުވަހަކު އިރުއޮއްސޭފަހުން އެކިތަންތާގައި ކަތަކް ޑާންސްގެ ޝޯތައް ބާއްވައެވެ. ބަލާނުލައި ދޫކޮށް ނުލާތި! އަޔޯދިޔާއަކީ ހިންދީންގެ ދީނާ ގުޅުފައިވާ ސިޓީއެކެވެ. ދޭވަތާއެއް ކަމަށް ބުނެ އަޅުކަން ކުރާ ރާމް އުފަންވީ އެސިޓީގައި ކަމަށް އެމީހުން ޤަބޫލު ކުރެތެވެ. އެއްކައުވަންތަކަން ޔަޤީން ކޮށްލުމަށް ތިބާވެސް ޝަހާދަތް ކިޔާލާށެވެ! އަޔޯދިޔާގައި ރާމާމަކުނަކީ ގިނަ މަޚުލޫގެކެވެ. ބޮލީވުޑްގެ ފިލްމީތަރި އަކްޝޭ ކުރާމަށް އޭނާގެ އެއް ކްރޯޑް ރުޕީސް ހޭދަކުރަން ފެނުނީ ރާމާމަކުނަށް ކާން ދިނުމުގައެވެ. މާނައަކީ އިންޑިއާގައި ފަގީރުންގެ ހައި ހޫނުކަން ފިލައި ދިޔައީއެއް ނޫނެވެ. އެކަމަކު ކޮންމެ މީހަކަށްވެސް މަޝްހޫރުވާން މިޒަމާނުގައި ކޮށްލާނެ އައު ކަމެއް ބޭނުންވޭ ނޫން ހެއްޔެވެ؟ މި ސޮރު އެއް ކްރޯޑު ރުޕީސް ހޭދަ ކުރަން ނިންމީ މަކުނަށް ކާން ދިނުމުގައެވެ. ރާމާމަކުނުތައް ގޮސް ކައި ބޮއެ ހަދާނެ ރެސްޓޯރެންޓެއް ހުޅުވި ނަމަ.....؟

ގުޅުންހުރި ޚަބަރު