ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދެ އަހަރު ތެރޭ އަސްކަރީ މަތިންދާބޯޓު އުފައްދާނެ
ދުނިޔެ

ދެ އަހަރު ތެރޭ އަސްކަރީ މަތިންދާބޯޓު އުފައްދާނެ

އއިބްރާހީމްް ސަމީރު30 އޮކްޓޯބަރު 2024
އެއާބަސްއާ ގުޅިގެން ހަދާފައިވާ ޓާޓާ އެއާކްރާފްޓް ކޮމްޕްލެކްސްގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފުރަތަމަ ސީ295 މަތިންދާބޯޓު ޑެލިވަރީ ކުރުން ކަމަށް ޓާޓާ ސަންސްގެ ޗެއާމަން އެން ޗަންދްރަސެކަރަން ވިދާޅުވެއެވެ. "މިހާރުން ފެށިގެން ދެ އަހަރު ފަހުން އިންޑިއާގައި އުފައްދާ ފުރަތަމަ ސީ-295 އެއާކްރާފްޓް ޑެލިވަރީ ކުރާނަން،" ގުޖުރާތުގެ ވަޑޯދަރާގައި ސީ295 އުފެއްދުމަށް ހޯމަ ދުވަހު އިފްތިތާހު ކުރި ފެކްޓްރީގައި ވާހަކަ ދައްކަވަމުން ޗަންރްދަސޭކަރަން ވިދާޅުވިއެވެ. އިންޑިއާގެ ޓާޓާއާއި ސްޕެއިންގެ އެއަރބަސް ކުންފުނިން ގުޅިގެން އިންޑިއާގައި ސީ 295 މަތިންދާބޯޓު އުފައްދާ ފެކްޓްރީ އިފްތިތާހު ކޮށްދެއްވީ އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް އެވެ. ޗަންދްރަސެކަރަން ފާހަގަކުރެއްވި ގޮތުގައި މިއީ އިންޑިއާ ޒުވާނުންގެ ހުނަރު އިތުރުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. އަދި މިއީ އިންޑިއާގެ ވިޔަފާރިވެރިންނާއި ޒުވާނުންނަށް ވަރަށް ގިނަ ހައި ޓެކް ފުރުސަތުތަކެއް ލިބިގެންދާނެ ފުރުސަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަތިންދާބޯޓު އުފައްދާ މި ފެސިލިޓީއަކީ އިންޑިއާގެ ޑިފެންސް މެނުފެކްޗަރިން ކެޕޭސިޓީއަށް ބޮޑު ކުރިއެރުމެއް ކަމަށް ސިފަ ކުރައްވަމުން، ޗަންދްރަސޭކަރަން ވިދާޅުވީ މިއީ، "މޭކް އިން އިންޑިއާ" ގެ ނަމޫނާއެއް ކަމަށާއި، މިއީ އެއަރޮސްޕޭސް ޕްރޮޑަކްޝަންގެ ގްލޯބަލް ހަބެއްގެ ގޮތުގައި ސާބިތުވުމަށް އިންޑިއާއަށް ލިބިގެން ދިޔަ އާ ބާރެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު