ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޗައިނާއިން ނާދިރު މައުދަންތައް ކޮންޓްރޯލު ކޮށްފި
ދުނިޔެ

ޗައިނާއިން ނާދިރު މައުދަންތައް ކޮންޓްރޯލު ކޮށްފި

އއިބްރާހީމްް ސަމީރު2 ނޮވެމްބަރު 2024
ޗައިނާއިން ވަނީ ނާދިރު މަޢުދަންތަކުގެ އެކްސްޕޯޓު ކޮންޓްރޯލުކޮށް އެމެރިކާއާއި ޗައިނާގެ ޓެކްނޮލޮޖީގެ ހަނގުރާމަ ވަރުގަދަކޮށްފައެވެ. ޗައިނާއިން ނާދިރު މަޢުދަންތައް އެކްސްޕޯޓް ކުރުމަށް ކަނޑައެޅި ހުރަސްތަކުގެ ސަބަބުން އެމެރިކާއާއެކު ޓެކްނޮލޮޖީގެ ވާދަވެރިކަން އިތުރުވެ، ދުނިޔޭގެ ސަޕްލައި ޗޭނަށް ނާޒުކުކަން ވެރިވެގެން ދާނެ ކަމަށް ލަފާ ކުރެވެއެވެ. އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅަމުންދާ ކޮމްޕިއުޓަރ ޗިޕްތައް ކޮންޓްރޯލު ކުރުމުގެ ފިޔަވަޅުތަކާ ހެދި، މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ބެއިޖިން އިން ވަނީ ސެމީކޮންޑަކްޓަރާއި އެހެނިހެން ޒަމާނީ ޓެކްނޮލޮޖީތަކުގައި ބޭނުންކުރާ މުހިންމު މައުދަންތައް ޗައިނާއިން އެކްސްޕޯޓު ކުރުން ހަރުކަށި ކޮށްފައެވެ. އެގޮތުން ނާދިރު މައުދަންތައް ކަމަށްވާ، އެންޓިމޮނީ، ގޭލިއަމް، އަދި ޖަރމެނިއަމް ފަދަ މުހިއްމު މައުދަންތައް ހޯދުމަށް މިހާރު ޗައިނާއިން ބޭރުގެ ކުންފުނިތަކަށް ވަނީ ދަތިވެފަ އެވެ. ޗައިނާއިން ދަނީ ދުނިޔޭގެ މަޢުދަނީ ވަސީލަތްތަކުގެ މައްޗަށް ކޮންޓްރޯލް ވަރުގަދަ ކުރަމުން ނެވެ. އަދި ބޭރުގެ ފަރާތްތަކުން ހިންގާ މައުދަން ސާފުކޮށް ޕްރޮސެސް ކުރާ ރިފައިނަރީތަކުގެ މިލްކުވެރިކަން ވެސް ނަގަމުންނެވެ. ޗައިނާއިން ވަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށް، އެފަދަ ވިޔަފާރިތައް ކޮންޓްރޯލު ކޮށް އުފެއްދުންތެރިކަން ފައިދާހުރި ގޮތެއްގައި މަރުކަޒީ ނިޒާމަކުން ކޮންޓްރޯލުކޮށް، ނާދިރު މައުދަންތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު ފަތުރާފައެވެ. މި މަޢުދަންތަކަކީ ޗައިނާގެ ސްޓްރެޓިޖިކް އެސެޓް ތަކުގެ ތެރޭގައި ބެއިޖިންގއިން ހިމަނާފައިވާ ތަކެއްޗެވެ. ނާދިރު މައުދަންތަކަކީ، އޭއައި (މަބް) އާއި އަސްކަރީ ޓެކްނޮލޮޖީގައި މުހިންމު ދައުރެއް އަދާކުރާ ސެމީކޮންޑަކްޓަރު އުފެއްދުމަށް ކޮންމެހެން ބޭނުންތެރި މަޢުދަންތަކެކެވެ. އެހެންކަމުން އެމެރިކާއާއި އެމެރިކާގެ އެކުވެރި ޤައުމުތަކަށް ޗައިނާއިން ވަނީ ޤައުމީ ސަލާމަތުގެ ކަންބޮޑުވުން އިހުސާސްކޮށްދީފައެވެ. މުޅި މައްސަލައަކީ، އެމެރިކާގެ ނޭއްގާނިކަމުން، ޗައިނާއަށް ސެމީކޮންޑަކްޓަރ ނުލިބޭގޮތަށް އެމެރިކާއިން ކުޅެން ފެށުމެވެ. ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް ރައްދު ދެމުން، ވައިޓް ހައުސްއިން ދާދި ފަހުން ވަނީ ޗައިނާއިން މުހިންމު މައުދަންތައް ކޮންޓްރޯލު ކުރަމުން ދިއުމުން، އެމެރިކާގެ އިގްތިސާދީ ހަމަޖެހުމާއި ސަލާމަތަށް ހުރި ނުރައްކާތަކަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން އަބަދުވެސް، ސިޔާސީ ވަސީލަތެއްގެ ގޮތުގައި މައުދަން ސަޕްލައި ކުރުން ބޭނުން ކުރެއެވެ. އެގޮތުން، 2010 ވަނަ އަހަރު ޗައިނާއިން މައުދަންތައް ޖަޕާނަށް އެކްސްޕޯޓް ކުރުން ހުއްޓާލުމުން ސަޕްލައި ޗޭންތައް ބުރުއަޅާފައި އަޑިއަށެވެ. ޗައިނާއިން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ދުނިޔޭގެ ޓެކް ވާދަވެރިކަމުގައި ނާދިރު މައުދަންތަކުގެ ސްޓްރެޓެޖިކް މުހިންމުކަން އިތުރަށް ވަރުގަދަވެ، ހުޅަނގުގެ ގައުމުތަކަށް ބޭނުންވާ ސަޕްލައި ލިބޭ ގޮތަށް، އާ ވަސީލަތްތައް ހޯދުމަށް ވަނީ މަޖުބޫރުވެފައި ވެއެވެ.

ގުޅުންހުރި ޚަބަރު