ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ވަގުތީ ސަރުކާރަށް ހުޅުޖެހުން ކޮންޓްރޯލެއް ނުކުރެވޭ
ދުނިޔެ

ވަގުތީ ސަރުކާރަށް ހުޅުޖެހުން ކޮންޓްރޯލެއް ނުކުރެވޭ

އއިބްރާހީމްް ސަމީރު2 ނޮވެމްބަރު 2024
ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ކޯލިޝަން ބައިވެރިޔާ ޖާތިޔާ ޕާޓީގެ މަރުކަޒީ އޮފީހުގައި އަލިފާން ރޯކޮށްލައިފި އެވެ. އެ އޮފީހަށް ބޮޑެތި ގެއްލުން ދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. މަރުހޫމް ރައީސް ހުސައިން މުހައްމަދު އިރުޝާދު އުފެއްދެވި ޖާތިޔާ ޕާޓީއަކީ ބަންގްލަދޭޝް އަވާމީ ލީގުން އިސްވެ އޮވެ އޮންނަ އިއްތިހާދުގެ ބައެއް ކަމަށާއި، ބޮޑެތި ޕާޓީ ބީއެންޕީން ބޮއިކޮޓް ކުރި ނަމަވެސް މީގެ ކުރިން ބޭއްވި ތިން އާންމު އިންތިހާބުގައި އެޕާޓީގެ ބައިވެރިޔާއެވެ. ޝައިޚް ހަސީނާއާ ދެކޮޅަށް ކުރިން މުޒާހަރާ ކުރި މީހުން ރުޅިގަދަވާން ދިމާވި މައްސަލައަކީ، ޖާތިޔާ ޕާޓީން ހޮނިހިރު ދުވަހު ޑާކާގައި އެއްވުމެއް ބާއްވާނެކަން އިއުލާން ކުރުމުންނެވެ. ވެރިރަށް ޑާކާ މެދުތެރޭގައި އޮންނަ ކަކްރައިލް ސަރަހައްދުގައި ހުންނަ ޖާޓިޔާ ޕާޓީގެ މަރުކަޒީ އޮފީސް ކުރިމަތީގައި އެކްޓިވިސްޓުން ވަނީ ބެނާ ހިފައިގެން މުޒާހަރާ ކޮށްފައެވެ. އަދި ދަންމަރު ހިފައިގެން ފެށި ހިނގާލުމާއެކު ހަމަނުޖެހުންތައް ފެށި އެވެ. ފަހުން، ފަޔާ ސާވިސްއިން ވަނީ އަލިފާން ނިއްވާލާފައެވެ. މުޒާހަރާގެ ބައިވެރިން ޖާޓިޔާ ޕާޓީގެ އޮފީސްތައް ފަޅާލައި ވަދެގަނެ، ނަންބޯޑް ދަމައި ގަނެފައެވެ. އަދި ފާރުގައި ހުރި ޕާޓީގެ ބާނީ އިރްޝާދުގެ ފޮޓޯއަށް ކަޅުތެޔޮ ޖަހާފައެވެ. މިހާރު ޖާތިޔާ ޕާޓީގެ އޮފީސް ކުރިމަތީގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ޚަބަރު