ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިންޑިއާގެ ޔޫޕީއައިގެ މުއާމަލާތްތައް އިތުރު ވަނީ
ދުނިޔެ

އިންޑިއާގެ ޔޫޕީއައިގެ މުއާމަލާތްތައް އިތުރު ވަނީ

އއިބްރާހީމްް ސަމީރު2 ނޮވެމްބަރު 2024
ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަށް ބިނާކޮށް ޑިޖިޓަލް މުއާމަލާތްތައް ކުރިއަރަމުން ގޮސްފައިވާ ކަމަށާއި އޮކްޓޯބަރު މަހު އިންޑިއާގައި 23.5 ލައްކަ ކްރޯޑް ރުޕީސްގެ 16.58 ބިލިއަން މުއާމަލާތްތައް ހިނގާފައިވަ ކަމަށް ބުނެފިއެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހު ޔޫޕީއައި ހިންގަން ފެށިފަހުން އެންމެ ގިނައިން ވިޔަފާރި ކުރި އަދަދެވެ. އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި) އިން ހުކުރު ދުވަހު ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު މަހާއި ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ވިޔަފާރި ވޮލިއުމް ވަނީ 10 ޕަސެންޓް އިތުރުވެފައެވެ. އަދި މުއާމަލާތުގެ އަގު ވަނީ 14 ޕަސެންޓަށް އިތުރުވެފަ އެވެ. އޮކްޓޯބަރު މަހު ދުވާލެއްގެ މައްޗަށް ޔޫޕީއައިގެ މުއާމަލާތްތަކުގެ ވޮލިއުމް 535 މިލިއަން އަދި ރުޕީސްގެ އަގުގެ ނިސްބަތުން 75،801 ކްރޯޑް ރުޕީސް ހުރަސްކޮށްފައިވެއެވެ. އަދި ސެޕްޓެމްބަރު މަހު ވިޔަފާރި ވޮލިއުމް ވަނީ 501 މިލިއަނަށް އަރައި ރުޕީސްގެ އަގުގެ ނިސްބަތުން 68،800 ކްރޯޑް ރުޕީސްއަށް އަރާފަ އެވެ. އޮކްޓޯބަރު މަހު ޕޭމަންޓް ސާވިސްގެ 467 މިލިއަން މުއާމަލާތް ހިންގާފައި ވެއެވެ. މިއީ ސެޕްޓެމްބަރު މަހު ހިންގި 430 މިލިއަން މުއާމަލާތަށް ވުރެން 9 ޕަސެންޓް އިތުރު އަދަދެކެވެ. އަގުގެ ގޮތުން ބަލާއިރު، ސެޕްޓެމްބަރު މަހު ބިލަތަށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުން ފަދަ މުއާމަލާތްތައް ވަނީ 11 ޕަސެންޓަށް އިތުރުވެ 6.29 ލައްކަ ކްރޯޑް ރުޕީސް އަށް އަރާފައެވެ.

ގުޅުންހުރި ޚަބަރު