ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އަދާނީ ކުންފުނިން ޔޫއޭއީގައި އިންވެސްޓްމެންޓް ފުޅާކޮށްފި
ދުނިޔެ

އަދާނީ ކުންފުނިން ޔޫއޭއީގައި އިންވެސްޓްމެންޓް ފުޅާކޮށްފި

އއިބްރާހީމްް ސަމީރު7 ނޮވެމްބަރު 2024
އޭޝިއާގެ ދެވަނައަށް އެންމެ މުއްސަނދި ވިޔަފާރިވެރިޔާ ގައުތަމް އަދާނީ ދަނީ ދުބާއީގެ ޖަބަލް އަލީ ފްރީ ޒޯނުގައި އިންވެސްކޮށްފައެވެ. އޭނާ ޖަބަލް އަލީގައި އުފެއްދި ސެލެރިޓާސް އިންޓަނޭޝަނަލް ކުންފުންޏަކީ އަދާނީ ގްރޫޕްގެ ބައިނަލްއަގްވާމީ އިންފްރާސްޓްރަކްޗާ އޮޕަރޭޝަންތައް ފުޅާކުރުމަށް އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައި ހިއްސާ ދާރަކީ އަދާނީ އެއަރޕޯޓްސް އެވެ. އަދާނީ ކުންފުނިން އެންމެ ފުރަތަމަ ޔޫއޭއީގައި އުފެއްދި  ކުންފުންޏަކީ، މިއީ މިއަހަރުގެ ކުރީކޮޅު އަބޫދާބީގައި އުފެއްދި އަދާނީ ޕަވަރ ކުންފުންޏެވެ. ސެލެރިޓާސް އުފެއްދުމާއެކު އަދާނީ ގެ ހިއްސާތައް  %3 އަށްވުރެ މައްޗަށް ގޮސްފައިވެއެވެ. ސެލެރިޓާސް އިން މައިގަނޑު ގޮތެއްގައި މަސއްކަތް ކުރާނީ ކަރަންޓާއި އިންފްރާސްޓްރަކްޗާގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް ވަރުގަދަކުރާށެވެ. އަދި މިއީ، މެދުއިރުމަތީގައި އަދާނީގެ އޮޕަރޭޝަންތައް ފުޅާ ކުރިއެރުމުގެ ސްޓްރެޓެޖީގެ ބައެއް ކަމަށް އެކުންފުނިން ބުނެއެވެ.

ގުޅުންހުރި ޚަބަރު