ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޕާކިސްތާންގެ ކުރީގެ އުއްތަމަ ފަނޑިޔާރަށް ޖެއްސުން ކޮށްފި
ދުނިޔެ

ޕާކިސްތާންގެ ކުރީގެ އުއްތަމަ ފަނޑިޔާރަށް ޖެއްސުން ކޮށްފި

އއިބްރާހީމްް ސަމީރު7 ނޮވެމްބަރު 2024
ޕާކިސްތާންގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޤާޒީ ފާއިޒް އީސާއަށް ޕާކިސްތާން ދަރިކޮޅުގެ މީހުން ޔޫކޭގައި ފުރައްސާރަ ކުރި މައްސަލާގައި އިސްލާމްއާބާދުން މައްސަލަ ޖައްސައިފިއެވެ. މި މައްސަލަ އިނގިރޭސި ޚާރިޖީ ވުޒާރާއަށް ހުށަހަޅާފައި ވަނީ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުންނެވެ. ޕާކިސްތާން ހައި ކޮމިޝަނުން ޑިޕްލޮމެޓިކް ޗެނަލްތަކެއް މެދުވެރިކޮށް ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީސް (އެފްސީޑީއޯ) އަށް ފޮނުވި ޝަކުވާ އަކީ އަންގާރަ ދުވަހު އިދިކޮޅު ޕާކިސްތާން ތަހުރީކޭ އިންސާފް ޕާޓީގެ މެމްބަރުން ގާޒީ އީސާ، ޑިޕްލޮމެޓިކް ވެހިކަލެއްގައި އިންނަވަނިކޮށް، ކަރިއަށް އައިސް ކާރުގެ ދޮރުގައި ތަޅައި އުދަގޫ ކުރި މައްސަލައެވެ. އެ ހާދިސާއަށް ފަހު ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު މުހައްމަދު ނަގްވީ ވަނީ އިނގިރޭސި ސަރުކާރުން ކުށްވެރިން ދެނެގަނެ އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި ޚަބަރު