ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ކެނެޑާއަށް ވަންނަ މީހުންގެ ކުށުގެ ރެކޯޑެއް ނުބަލާ
ދުނިޔެ

ކެނެޑާއަށް ވަންނަ މީހުންގެ ކުށުގެ ރެކޯޑެއް ނުބަލާ

އއިބްރާހީމްް ސަމީރު8 ނޮވެމްބަރު 2024
ކެނެޑާއަށް ހިޖުރަ ކުރާ މީހުންގެ ކުށުގެ ރެކޯޑު ބެލުން ދޯހަޅި ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވި ވާހަކައަށް ޓޮރޮންޓޯ ޕޮލިސް ސާޖަންޓް (ޑިޓެކްޓިވް) ޑޮނަލްޑް ބެސްޓް ތާއީދު ކުރައްވައިފިއެވެ. ކެނެޑާގެ ވިސާ އެޕްރޫވަލް ޕްރޮސެސްގައި އުނިކަމެއް ހުރުމުން އިންޑިއާ އިން ވަންނަ ބައެއް މީހުންނަކީ ޖިނާއީ މައްސަލަތަކާއި އޯގަނައިޒްޑް ކްރައިމްއާ ގުޅުން ހުރި މީހުން ކަމަށް ބެސްޓް ވެސް ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ އޭއެންއައި އަށް ދެއްވި އިންޓަވިއުއެއްގައި އިންވެސްޓިގޭޓިވް ނޫސްވެރިއެއްގެ ގޮތުންވެސް މަސައްކަތް ކުރައްވާ ޑޮނަލްޑް ބެސްޓް ވަނީ އިންޑިއާއިން ވަކި ވެގަތުމަށް މަސައްކަތް ކުރާ ޚާލިސްތާނީ ޖަމާއަތުގެ މީހުންނަށް ކެނެޑާގައި ސިޔާސީ ޖާގަ ލިބުމަކީ އިންޑިއާއިން ކަން ބޮޑުވާ ކަމެއް ކަމަށް ޖަޔަޝަންކަރު ވިދާޅުވި ވާހަކައަށް ސަޕޯޓު ކުރައްވާފައެވެ. "އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ފާހަގަކުރައްވާފައިވާ ގޮތުގައި ކެނެޑާއިން ވިސާ ދޫކުރަނީ ކުށްވެރިންނާއި އިންޑިއާގެ އޯގަނައިޒްޑް ކްރައިމްގެ މެމްބަރުންނަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ތެދެއް. އަޅުގަނޑުމެންގެ އިމިގްރޭޝަންގެ އެއްވެސް ބެލުމެއް ނެތް. އެހެންވެ އެހާ ގިނަބަޔަކަށް އެތެރެ ވެވެނީ." ކެނެޑާއަށް ގޮސް ރެފިއުޖީ ސްޓޭޓަސް ހޯދަން، ކަމަށް ބެސްޓް ވިދާޅުވިއެވެ. ނިއުދިއްލީއާއި އޮޓާވާއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އިންޑިއާއިން ތަކުރާރުކޮށް ބުނަމުން ދަނީ ސިކުންގެ ހަރުކަށި ފިކުރުގެ މީހުންނަށް ކެނެޑާއިން ޖާގަ ދޭކަމަށެވެ. އަދި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކެނެޑާގެ ކަމާބެހޭ ފަރާތްތަކަށް އިންޑިއާއިން އެދިފައިވެ އެވެ. ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެރިކަމަށް ވަޑައިގެންނެވި ފަހުން ކެނެޑާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަ ކުރައްވަމުން ބެސްޓް ވިދާޅުވީ، "ހުއްޓެއް ނެތި ގިނައަދަދަކަށް މީހުން އެތެރެ ވަމުން ދަނީ" ކަމަށާއި އެކަމުގެ ސަބަބުން ބޯހިޔާވަހިކަމާއި އިގްތިސާދާއި އިޖުތިމާއީ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. ޓްރޫޑޯގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ، ކެނެޑާގައި "ހަމަނުޖެހުން އެބައޮތް" ކަމަށާއި ގާތްގަނޑަކަށް 40 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމަކަށް ފާއިތުވި ދެއަހަރެއް ހައި ދުވަސް ތެރޭގައި ގާތްގަނޑަކަށް ފަސް ޕަސެންޓް މީހުން ވަދެފައިވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު