ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޕާކިސްތާންގައި ނޫސްވެރިންނަށް އަނިޔާކުރާ މިންވަރު އިތުރު ވެއްޖެ
ދުނިޔެ

ޕާކިސްތާންގައި ނޫސްވެރިންނަށް އަނިޔާކުރާ މިންވަރު އިތުރު ވެއްޖެ

އއިބްރާހީމްް ސަމީރު8 ނޮވެމްބަރު 2024
ފްރީޑަމް ނެޓްވޯކްގެ 2024 ވަނަ އަހަރުގެ އިމްޕިއުނިޓީ ރިޕޯޓުގައި ޕާކިސްތާނުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިރުވެރި މަންޒަރެއް ދައްކުވައިދީފައި ވެއެވެ. އެ ރިޕޯޓުގައި ނޫސްވެރިންނަށް ޕާކިސްތާންގައި ނުރައްކާތެރި މާހައުލެއް ވެރިވެފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. މި ރިޕޯޓުގައި ވޭތުވެދިޔަ އަހަރު މީޑިއާގެ ޕްރޮފެޝަނަލުންނަށް އަނިޔާވެރިކަމުގެ 140 އަށް ވުރެ ގިނަ މައްސަލަ ޑޮކިއުމެންޓް ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އޭގެ ތެރޭގައި އަނިޔާ ކުރުމާއި ރަހީނުކުރުމާއި މަރުގެ އިންޒާރު ދިނުން ފަދަ މައްސަލަތައް ހިމެނެ އެވެ. އަދި އެފަދަ ހަމަލަތަކުގައި ކުށްވެރިވާ މީހުން، ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ޖަވާބުދާރީ ކުރުވާ މިންވަރު މަދުކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. ޕާކިސްތާންގައި ނޮވެމްބަރު 2023 އާއި އޮގަސްޓް 2024 އާ ދެމެދު ހަ ނޫސްވެރިއަކު މަރުވެފައިވެއެވެ. އަދި ނުސްވެރިންނަށް މަރުގެ 11 ހަމަލަ އަމާޒު ކޮށްފައި ވެއެވެ. އޭގައި ފަސް ނޫސްވެރިން ވަނީ މަރުވެފަ އެވެ. އަދި ހަމަ އެ މުއްދަތުގައި އިންޒާރު ދިނުމާއި، ހަމަލާދިނުމާއި، ގާނޫނީ ގޮތުން ނޫސްވެރިކަމުގެ މަސައްކަތަށް އުނދަގޫ ކުރުމުގެ 57 ކަމެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ކޮރަޕްޝަނާއި، އިންސާނީ ހައްގުތަކަށް އަރައި ގަތުމާއި، ސިޔާސީ ކޯޅުންތައް ފަދަ ހައްސާސް މައުޟޫއުތައް ކަވަރުކުރާ ނޫސްވެރިންނަށް ބޮޑު ނުރައްކާތަކެއް ކުރިމަތިވާ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. ގިނަ ފަހަރަށް އަމއްލަ ރައްކާތެރިކަމަށްޓަކައި ނޫސްވެރިން އަމިއްލައަށް ސެންސަރު ކުރާ ކަމަށްވެސް ބުނެފައި ވެއެވެ. މީޑިއާގެ ޕްރޮފެޝަނަލުން ހިމާޔަތް ކުރުމަށް ފެޑެރަލް އަދި ސިންދު ޕްރޮވިންސްގައި ގާނޫނުތައް ހެދި ނަމަވެސް، އަދަބު ނުލިބުމުގެ ސަގާފަތަކީ  އާންމު ހާލަތެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ. މިއާއެކު ޕާކިސްތާންގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތަކެއް އޮތް ކަމަށް ފްރީޑޮމް ނެޓްވާކުން ބުނެއެވެ.

ގުޅުންހުރި ޚަބަރު