ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެފްރިކާއަށް ޗައިނާގެ މާލީ ނުފޫޒު: އެހީ ނުވަތަ ދަރަނީގެ މަޅިއެއްތަ؟
ދުނިޔެ

އެފްރިކާއަށް ޗައިނާގެ މާލީ ނުފޫޒު: އެހީ ނުވަތަ ދަރަނީގެ މަޅިއެއްތަ؟

އއިބްރާހީމްް ސަމީރު8 ނޮވެމްބަރު 2024
ރައީސް ނަޝީދު ވިދާޅުވާހެން ޑެތު ތްރެޕް ޑިޕްލޮމެސީގެ ތުހުމަތުތައް ޗައިނާއާ ދެކޮޅަށް ދެއްކިއަސް ޗައިނާއަކީ، އެފްރިކާގައި އެންމެ ގިނައިން އިންވެސްޓްކޮށް، އުމުރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދާ ޤައުމެވެ. ދާދި ފަހުން ބެއިޖިންގައި ބޭއްވި ފޯރަމް އޮން ޗައިނާ-އެފްރިކާ ކޯޕަރޭޝަން (އެފްއޯސީއޭސީ) ސަމިޓުގައި ރައީސް ޝީ ޖިންޕިން ވަނީ 50 ބިލިއަން ޑޮލަރަށް ވުރެ ގިނައިން އެފްރިކާގައި އިންވެސްތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެއާއެކު މުޅި އެފްރިކާ ބައްރުގައި އެއް މިލިއަން ވަޒީފާ އުފައްދަވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފަ އެވެ. މި ވައުދުތަކަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) އާއި ފުޅާ ދާއިރާއެއްގައި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ގާއިމް ކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. އެއާއެކު އެއީ، އެފްރިކާގެ މުއްސަނދި ނާދިރު މައުދަންތަކަށް ޗައިނާއަށް އިންވެސްޓް ކުރެވޭ ގޮތް ގޮތް ހެދުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އެފްރިކާގައި ނާދިރު މައުދަންތައް ކޮނެގެން ނެގުމަށް ޗައިނާއިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވެވެ. ޗައިނާ ސަރުކާރުން ވާގިވެރިވާ ކުންފުނިތަކުން ވަނީ ލިތިއަމް، ކޯބަލްޓް އަދި އެހެނިހެން މުހިންމު ވަސީލަތްތަކުގެ ހިއްސާ ހޯދާފައެވެ. މިސާލަކަށް ދުނިޔޭގެ ކޯބަލްޓްގެ %70 ފޯރުކޮށްދޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ގާތްގަނޑަކަށް ހުރިހާ ކޯބަލްޓް އުފެއްދުމެއް ޗައިނާގެ ކުންފުނިތަކުން ކޮންޓްރޯލް ކުރެއެވެ. ވޭތުވެދިޔަ ދެ އަހަރު އެކަނިވެސް އެފްރިކާގެ ލިތިއަމް މައިންތަކަށް ޗައިނާއިން 4.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ލިތިއަމް ކެޕޭސިޓީގެ ތިންބައިކުޅަ އެއްބައި އެގައުމަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް ޗައިނާއިން ބުނެއެވެ. މި ގުޅުމާއެކު އޭގެ ގޮންޖެހުންތަކެއް ވެސް ހިމެނެއެވެ. ޒެމްބިއާ، ކެންޔާ، އަދި ޖިބޫޓީ ފަދަ ގައުމުތަކަކީ ޗައިނާއިން ބޮޑެތި މަޝްރޫއުތައް ހިންގާފައިޥާ ޤައުމުތަކެވެ. އެގައުމުތަކަށް ޗައިނާގެ ލޯނުތަކުން ދަރަނި އަނބުރާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައި ވެއެވެ. އެތެރޭގައި އިދިކޮޅު ފަރާތްތަކުން ދަނީ އިގްތިސާދީ އިސްތިގުލާލާ މެދު ކަންބޮޑުވުންތައް އުފައްދާފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޗައިނާގެ މާލީ އެހީ ގިނަ ފަހަރަށް އަންނަނީ ބޮޑު އިންޓަރެސްޓް ރޭޓެއްގައެވެ. އަދި ޗައިނާގެ ކޮންޓްރެކްޓަރުންނަށް ފައިދާވާ ޝަރުތުތައް ހިމެނޭ ގޮތަށެވެ. އަދި ޝަރުތުތަކަކާއެކުގައެވެ. ޒެމްބިއާގެ 2020 ވަނަ އަހަރުގެ ލޯނު ޑިފޯލްޓުވުމާއި ޗައިނާއިން ފައިނޭންސް ކުރާ ރޭލްވޭއާ ގުޅިގެން ކެންޔާއަށް ކުރިމަތިވި ދަރަނީގެ ގޮންޖެހުންތަކަކީ ނެއިރޯބީގައި ހައްސާވެފައިޥާ ވާހަކަތަކެކެވެ.

ގުޅުންހުރި ޚަބަރު