ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދެކުނު އޭޝިއާގައި އެންމެ ކަރަންޓު އަގު ބޮޑު ޤައުމަކީ ޕާކިސްތާން
ދުނިޔެ

ދެކުނު އޭޝިއާގައި އެންމެ ކަރަންޓު އަގު ބޮޑު ޤައުމަކީ ޕާކިސްތާން

އއިބްރާހީމްް ސަމީރު8 ނޮވެމްބަރު 2024
ޕާކިސްތާންގައި ކަރަންޓު ކުންފުނިތައް ހިންގަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އެއީ، ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕެކް) ގެ ދަށުން ހިންގާ ހަކަތަ މަޝްރޫއުތަކުގެ ބައެކެވެ. މި ކުންފުނިތަކުން އިތުބާރު ހުރި ގޮތަކަށް އަދި އަގުހެޔޮކޮށް ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމުގައި ނާކާމިޔާބުވެފައިޥާ ކަމަށް އާންމުން ދެކެއެވެ. ކަރަންޓް ބިލްތައް ބޮޑުވުމާއި އާދަވެގެން ގިނަފަހަރަށް ކަރަންޓް ކެނޑުމާ ދެކޮޅަށް ޕާކިސްތާނުގައި އެކި ސިޓީތަކުގައި މުޒާހަރާތައް ކުރެއެވެ. 2014 ވަނަ އަހަރު ތައާރަފްކުރި ސީޕްކުން ހަކަތަ އުފެއްދުމަށް އިސްކަންދިނެވެ. ނަމަވެސް ދިހަ އަހަރު ފަހުން ވެސް އެގައުމުގެ ދިގުދެމިގެންދާ ކަރަންޓުގެ ދަތިކަމަށް ހައްލެއް އައިސްފައެއް ނުވެއެވެ. އިސްލާމްއާބާދުގެ އިންސްޓިޓިއުޓް އޮފް ސްޓްރެޓެޖިކް ސްޓަޑީޒް އިން ބުނާ ގޮތުގައި އާބަން ސަރަހައްދުތަކަށް ދުވާލަކު 6-10 ގަޑިއިރު ކަރަންޓު ކެނޑުމުގެ ލޯޑްޝެޑިން އެއް ކުރިމަތި ވެއެވެ. ރަށްފުށުގައި 15 ގަޑިއިރު ވަންދެން ކަރަންޓް ކެނޑުމަކީ އާންމު ކަމެކެވެ. ޕާކިސްތާނުގެ ހަކަތައިގެ ދާއިރާގެ ދަތިތައް ނިމުމަކަށް ގެނައުމަށް ސީޕެކް މަޝްރޫޢުތަކުން ވެފައިވާ ވައުދުތައް ޙަޤީޤަތަކަށް ނުވެއެވެ. ހަކަތައާ ބެހޭ ގިނަ މަޝްރޫއުތަކެއް ނިމުނު ނަމަވެސް ޕާކިސްތާނުން ދަނީ ކަރަންޓްގެ އަގުބޮޑު ކަމާއި ސަރުކާރަށް ކުންފުނިތަކަށް ފައިސާ ނުދެއްކުމުގެ ދަތިކަމާއި ހަކަތަ ދާއިރާގައި ދައުރުވަމުން އިތުރު ވަމުން އަންނަ ދަރަނިތަކާ ކުރިމަތިލަމުންނެވެ. ޑޯން ނޫހުން ދާދި ފަހުން ފާހަގަކޮށްފައިވާ ގޮތުގައި ކަރަންޓް ކެނޑުން ހައްލު ކުރުމުގެ ބަދަލުގައި ސީޕެކްގެ މަޝްރޫއުތަކުގެ ސަބަބުން ކަރަންޓް އުފެއްދުމުގެ ހަރަދު ބޮޑުވެފައި ވެއެވެ އަދި ކޮންސިއުމަރުންގެ އަތުން ސަރުކާރަށް ފައިސާ ހޯދަން އުނދަގޫވެފައި ވެއެވެ. ޕާކިސްތާންގައި ފާއިތުވި ތިން އަހަރު ތެރޭގައި ކަރަންޓުގެ އަގު %155 އަށް މަތިވެފައި ވެއެވެ. ޕާކިސްތާނުގެ ގިނަ ރައްޔިތުންނަށް އަގު ބޮޑުކޮށްފައިވާ ބިލްތަކަށް ފައިސާ ނުދެއްކެއެވެ. ޖުލައި މަހު ސަރުކާރުން ވަނީ ޔުނިޓަކަށް 48.84 ރުފިޔާއަށް އަގު ބޮޑުކޮށް، ދެކުނު އޭޝިއާގައި ކަރަންޓުގެ އަގު އެންމެ ބޮޑު ގައުމަކަށް ޕާކިސްތާން ހަދާފައެވެ. މި ހަރަދުތަކުގެ ދަށުން ސިނާއީ އަދި ވިޔަފާރީގެ ދާއިރާތައް ވެސް ދަނީ ނުތަނަވަސް ކަމަކަށް ވެއްޓިފައެވެ. އިގްތިސާދީ ބުރަ ދަނީ އިތުރަށް ބޮޑުވަމުންނެވެ. މުޅި ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގައި ރައްޔިތުން މަގުތައް ބަންދުކޮށް، ކަރަންޓް ބިލްތައް އަންދާލަމުން  ދެއެވެ. ޑިސްޓްރިބިއުޝަން ކުންފުނިތަކަށް ހަމަލާދިނުން އާންމު ވެފައިވެ އެވެ. ސަރުކާރު ހިންގާ ޕާކިސްތާން މުސްލިމު ލީގް (ނަވާޒް) ޕާޓީގެ ކުރީގެ މިނިސްޓަރު އަބީދު ޝެރް އަލީ ފާހަގަކުރެއްވި ގޮތުގައި އެންމެ ދެ ސީލިންގް ފަންކާ ބޭނުންކުރާ ނިކަމެތި އާއިލާތަކަށް މިހާރު 35،000 ރުފިޔާގެ ބިލްތައް ސަރުކާރުން ދަނީ ފޮނުވަމުންނެވެ. އާންމުންނަށް ވަނީ އަމާގެ ފައްޓަރުބައި ވިއްކައިގެން ބިލްތައް ދައްކަން ޖެހިފައި ކަމަށް އޭނާ ވިދާޅުވެއެވެ. ނުވަތަ  ލޯނު ނަގަން މަޖުބޫރުވެފަ އެވެ. ސިޔާސީ ލީޑަރުން ވަނީ މުޒާހަރާތަކުގެ ބައިވެރިންނަށް އެމީހުންގެ ތާއީދު ދީފައެވެ. ކަރަންޓްގެ ދަތިކަން ސަރުކާރުން މެނޭޖުކުރަމުންދާ ގޮތާ މެދު އާންމުންގެ ރުޅިވެރިކަން ވަނީ އިތުރުވެފަ އެވެ.

ގުޅުންހުރި ޚަބަރު