ޖޯޑަންގެ ރީތީގެ ރަސްގެފާނުގެ އައިމަން އަލްއަލީ ގެ ފަހުގެ ފޮޓޯއެއް އޭނާގެ މަންމަ ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ފެނުނު އާ ފޮޓޯގައި އޭނާ ބަލި އެނދުގައި އޮތް ތަން ފެނެއެވެ.
ކެންސަރު ބަލި ޖެހިފައިވާ އައިމަންގެ ފޮޓޯ ހިއްސާކޮށް އޭނާގެ މަންމައާއި އައިލާއިން ވަނީ އައިމަންއަށް ހެޔޮ ދުއާއަށް އެދިފައެވެ. ޖޯޑަންގައި މީހުން ވަނީ އޭނާއަށް ހެޔޮއެދުމާއި ހެޔޮ ދުއާފޮނުވާފައެވެ.

"މިސްޓަރ ޖޯޑަން" ގެ ނަމުން މަޝްހޫރު އައިމަންއަކީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފޮލޯކުރާ ޖޯޑަންގެ މިސްމީޑިއާ އެކްޓިވިސްޓެކެވެ. އޭނާ މަޝްހޫރުކަން ހޯދީ ސިއްހީ އަދި އިޖުތިމާއީ މުހިންމު މައްސަލަތަކަށް މީހުން ހައްސާސްކޮށްގެންނެވެ.
އައިމަން ވަނީ ކީމޯގެ ތިންވަނަ ޑޯޒްވެސް ފުރިހަމަކޮށްފައެވެ. އައިމަން ގެ ބަލި ދަނެގަނެވުނީ މީގެ ދޮޅުމަސް ކުރިން އޭނާގެ ބަނޑުގައި ރިއްސައިގެން ޓެސްޓްތައް ކުރި އިރުއެވެ. އެޓެސްޓްތަކުން އެނގުނީ އޭނާއަކީ ގޮހޮރުގެ ކެންސަރަށް ޕޮޒިޓިވް ވެފައިވާ މީހެއް ކަމަށެވެ.