ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމްސްޓަޑަމްގައި ޒަޔަނިސްޓު ޔަހޫދީން ބިރު ގަންނަވާލައިފި
ދުނިޔެ

އެމްސްޓަޑަމްގައި ޒަޔަނިސްޓު ޔަހޫދީން ބިރު ގަންނަވާލައިފި

އއިބްރާހީމްް ސަމީރު9 ނޮވެމްބަރު 2024
ނެދަރލެންޑްސްގެ ވެރިރަށް އެމްސްޓެޑަމްގައި ޒަޔަނިސްޓު ޔަހޫދީން ފެށި ހަމަނުޖެހުމުގައި ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުން ޔަހޫދީންނާ ކުރިމަތި ލުމުން ޔަހޫދީންގެ ދިހަ  މީހަކަށް އަނިޔާވެ ހަސްފަތާލަށް ފޮނުވާލެވޭ ވަރުކޮށްފިއެވެ. ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުން އެމީހުންގެ ހިތްވަރު ދައްކާލުމުން އެމްސްޓަޑަމްގައި ހުންނަ ޒަޔަނިސްޓުންގެ އެމްބަސީން ވަނީ ޔަހޫދީން މަގުމަތީގައި ނޫޅުމަށާއި އެމީހުންނަކީ ޒަޔަނިސްޓުން ކަމަށް މީހުން ގާތު ބުނެ ނުހެދުމަށް އަންގާފައެވެ. އެމްޓަޑަމްގައި ހަމަނުޖެހުން ހިންގުމަށް ޔަހޫދީން ކައްކަމުން ގެންދާތާ 3 ދުވަސް ވެއްޖެއެވެ. އެންމެ ފަހުން ރޭ އިޒްރޭލުގެ ކްލަބް "މަކާބީ ޓެލް އަވީވް" ނެދަލެންޑްގެ ޓީމަކާއެކު ކުޅުނު މެޗު ނިމުމުން ޔަހޫދީ ޒަޔަނިސްޓުން ވަނީ މަގުމަތީގައި ހިނގާލުމެއް ބާއްވައި ފަލަސްޠީނަށް ފުރައްސާރަކޮށްފައެވެ. މިހިނގާލުމުގައި މެޗް ބެލުމަށާއި ހަމަނުޖެހުން އުފެއްދުމަށް ގޮސްތިބި އިޒްރޭލުގެ އެތައް ސަތޭކަ ސިފައިންނެއްވެސް ހިމެނުނެވެ. ފަލަސްޠީނުގެ އެތައް ހާސް ސަޕޯޓަރުން ވަނީ މިމީހުންނާ ދެކޮޅަށް ނިކުމެ ރަނގަޅަށް ކުރިމަތި ލައިފައެވެ. ފަލަސްޠީނަށް ސަޕޯޓު ކުރާ މީހުން ދެއްކި ހިތްވަރާ ހެދި ބައެއް ޒަޔަނިސްޓުން ވަނީ ޖާނު ސަލާމަތް ކުރުމަށް އަމިއްލައަށް އެމްސްޓަޑަމްގެ ކޯރަށް ވެސް ފުންމާލާފައެވެ. އިޒްރޭލު މީޑިއާއިން ވަނީ ޒަޔަނިސްޓު ޔަހޫދީން ގައުމުން ބޭރުގައިވެސް ހަމަނުޖެހުން އުފައްދަނީ ކަމަށް ބުނެ އެމީހުންގެ ނުލަފާ އެރުވުމުން ގެއްލުން ނޫން އެހެން ކަމެއް ކުރިމަތި ނުވާކަމަށް ބުނެފައެވެ. ހިބްރޫ ބަހުން ނިކުންނަ ނޫސްތަކުން ބުނެފައި ވަނީ އިޒްރޭލުން މިހާރު 8 ވަނަ މައިދާނެއްގައި ހަނގުރާމަ ކުރަން ފެށީ ކަމަށެވެ. އަދި މިކަމުން ބޭރުގައި އުޅޭ ޔަހޫދީންނަށް ގެއްލުން ލިބޭނެ ކަމަށް ބުންޏެވެ. އެމީހުން އެ ބުނާ މައިދާންތަކަކީ، ޣައްޒާއާއި ހުޅަނގު އައްސޭރި، ލުބުނާން، ޔަމަން، އިރާގު، ސީރިއާ، އަދި އީރާންއާއި އެކު 8 ވަނަ މައިދާނަކަށް އެމްސްޓަޑަމްއެވެ. އެމްސްޓަޑަމްގައި މީހުން ގެތަކުގައި ނަގާފައި ހުރި ފަލަސްޠީނު ދިދަ ވެސް ޔަހޫދުން ވަނީ އެތަންތަނަށް އަރައި ބާލައި ހަދާފައެވެ.

ގުޅުންހުރި ޚަބަރު