ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޕާކިސްތާނުން 5ޖީ ތައާރަފް ކުރަނީ
ދުނިޔެ

ޕާކިސްތާނުން 5ޖީ ތައާރަފް ކުރަނީ

އއިބްރާހީމްް ސަމީރު9 ނޮވެމްބަރު 2024
ޕާކިސްތާންގެ ޓެލެކޮމިއުނިކޭޝަން ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޕާކިސްތާން ބޮޑު ވަޒިރު ވިދާޅުވަނީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އައިޓީ ޕްރޮޑަކްޓްތައް އެކްސްޕޯޓް ކޮށްގެން ޕާކިސްތާނަށް 25 ބިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށެވެ. ޕާކިސްތާނުން ދަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ޕާކް ތަރައްގީ ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ. ޕާކިސްތާންގައި މިހާރު ހިނގަމުންދާ އައިޓީ މަޝްރޫއުތަކާއި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތައް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ޝަހްބާޒް ޝަރީފް ވަނީ ޕްރޮޖެކްޓްގެ ޓައިމްލައިން ކުޑަކުރުމާ ގުޅޭ ގޮތުން ތަޖުރިބާކާރުންނާ މަޝްވަރާ ކުރުމަށް އޮފިޝަލުންނަށް އަންގަވާފަ އެވެ. ޕާކިސްތާންގައި 5ޖީ ތައާރަފް ކުރުމަށްޓަކައި ސަރުކާރުން ވަނީ ހޮލެންޑްގައި ހުންނަ ވީއޯއެން ގްރޫޕާ އެކުވެސް މަޝްވަރާތައް ބާއްވާފައެވެ. ޕާކިސްތާނުން މަސައްކަތް ކުރަނޫ މުޅި ގައުމުގައި ހައިސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް 5ޖީ އިންޓަނެޓްގެ ހިދުމަތް ތައާރަފް ކުރާށެވެ. ކޭޝްލެސް އަދި ޑިޖިޓަލް އިގްތިސާދެއް ކުރިއެރުވުމުގައި ޓެލެކޮމިއުނިކޭޝަން ދާއިރާގެ މުހިންމު ދައުރެއް އޮތް ކަމަށާއި އައިޓީ، ޑިޖިޓަލައިޒޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ވީއޯއެން ގްރޫޕާ ގުޅިގެން މަސައްކަތް ކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވި އެވެ. ވީއޯއެން އިން ބުނެފައި ވަނީ ޕާކިސްތާނަކީ އައިޓީ އަދި ޓެލެކޮމް ދާއިރާއަށް އިންވެސްޓްމަންޓް މުހިންމު މަންޒިލެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު