ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޗައިނާއަށް ޓައިވާނަށް ބާރެއް ނުހިންގޭނެ: ކެނެޑާ
ދުނިޔެ

ޗައިނާއަށް ޓައިވާނަށް ބާރެއް ނުހިންގޭނެ: ކެނެޑާ

އއިބްރާހީމްް ސަމީރު10 ނޮވެމްބަރު 2024
ކެނެޑާގެ ޕާލަމެންޓްގެ ދަށުގެ، ހައުސް އޮފް ކޮމަންސްގެ އިއްތިފާގުން ފާސްކޮށްފައި ވަނީ ޓައިވާންގެ މައްޗަށް ޗައިނާގެ ސިޔާދަތެއް ނެތް ކަމަށެވެ. އަދި ޗައިނާއިން ޓައިވާނަށް ކުރާ ދައުވާއަކީ ބާޠިލު ދައުވާއެއް ކަމަށެވެ. ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ ވަކިވެގަންނަން އުޅޭ ބާޣީ ސަރަހައްދެކެވެ. ކެނެޑާގެ ޕާލަމެންޓުން ވަނީ މި ހުށަހެޅުމަށް ނޮވެމްބަރު ހަތް ވަނަ ދުވަހު ބޭއްވި ޕާލަމެންޓްގެ ބައްދަލުވުމުގެ ކުރިން ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ތާއީދު ހޯދާފަ އެވެ. ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ޓެކްނޮލޮޖީއާއި، ތަޢުލީމާއި، ޒުވާނުން ބަދަލުކުރުމާއި، ގައުމީ ކަންކަމުގައި ދެ ފަރާތުން އެއްބާރުލުން ދިނުމަށްވެސް ގޮވާލާފައި ވެއެވެ. ޕާލަމެންޓްގެ މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި މި ހުށަހެޅުމަކީ ކެނެޑާގެ ޚާރިޖީ ސިޔާސަތާ އެއްގޮތް ހުށަހެޅުމެކެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ބައިނަލްއަގްވާމީ ސިވިލް އޭވިއޭޝަން ޖަމިއްޔާ (އައިކާއޯ) ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި ޓައިވާނުން ބައިވެރިވުމަށް ކެނެޑާއިން ތާއީދުކުރާކަން އަލުން ކަށަވަރުކޮށް ދީފައި ވެއެވެ.

ގުޅުންހުރި ޚަބަރު