ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގައި އިންޑިއާ ކުރީގައި
ދުނިޔެ

ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގައި އިންޑިއާ ކުރީގައި

އއިބްރާހީމްް ސަމީރު10 ނޮވެމްބަރު 2024
ކިއުއެސް އޭޝިއާ ޔުނިވާސިޓީ ރޭންކިންގެ 16 ވަނަ އެޑިޝަންގައި އެންމެ ގިނައިން ތަމްސީލުކުރާ ގައުމެއްގެ ގޮތުގައި އިންޑިއާ ފާހަގަކޮށްފައިވެއެވެ. އިންޑިއާއިން ޖުމްލަ 163 ޔުނިވާސިޓީއެއް ވަނީ ބައިވެރިވެފަ އެވެ. މަތީ ތައުލީމުގެ 25 ނިޒާމެއްގެ ތެރެއިން 984 ޔުނިވާސިޓީއެއް ވަޒަންކުރާ މި ރޭންކިންގައި ބައިނަލްއަގްވާމީ ތައުލީމީ މަރުހަލާގައި އިންޑިއާގެ ބޮޑުކޮށް ފެންނަކަން ފާހަގަކޮށްލެވެ އެވެ. ތަޖުރިބާކާރުން މި ކުރިއެރުން ނިސްބަތް ކުރަނީ އިންޑިއާގެ މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ވާދަވެރިކަމެއް އުފެއްދުމަށް ހިތްވަރުދޭ ނޭޝަނަލް އިންސްޓިޓިއުޝަނަލް ރޭންކިން ފްރޭމްވޯކް (އެންއައިއާރުއެފް) ގެ އެހީތެރިކަމާއެކު ރިސާޗަށް ދޭ ސަމާލުކަމުގެ މައްޗަށެވެ. ޗައިނާގެ ރޭންކިންގައި 135 ޔުނިވާސިޓީ ހިމެނެއެވެ. ރިސާޗްތައް އުފެއްދުމުގެ ދާއިރާގައި އިންޑިއާ އުޅެނީ ކުރީގައެވެ. އަދި ސްޓެންފޯޑް ޔުނިވާސިޓީގެ ދުނިޔޭގެ އެންމެ މަތީ ދިރާސާވެރިންގެ ލިސްޓުގައި އިންޑިއާގެ ދިރާސާވެރިންގެ އަދަދު އިތުރު ވެފައިވާ ކަންވެސް މިރޭންކިންގ ހާމަވެއެވެ.

ގުޅުންހުރި ޚަބަރު