ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރިސޯޓުގައި ލާނެ ހެދުންތަކުގެ ފަރުމާ ދައްކަލައިފި
ދުނިޔެ

ރިސޯޓުގައި ލާނެ ހެދުންތަކުގެ ފަރުމާ ދައްކަލައިފި

އއިބްރާހީމްް ސަމީރު10 ނޮވެމްބަރު 2024
ކަރާޗީގައި ދިރިއުޅޭ ޕާކިސްތާން ޑިޒައިނަރު ސާނިއާ މަސްކަޓިޔާ ވަނީ ޗުއްޓީ ދަތުރުގައި ރިސޯޓްގައި ލާން ބޭނުންކުރާ ހެދުމުގެ ބްރޭންޑެއް ތައާރަފް ކޮށްފައެވެ. ޓީޔާ ބްރޭންޑް ލޯންޗުކޮށްފައި ވަނީ ދުބާއީގައެވެ. ޓީޔާއަކީ، ރީތި މަންޒިލްތަކުގެ ދިރުން ދައްކުވައިދޭ ޑިޒައިންއާއި ކުލަ އެއްކޮށްގެން ފަރުމާ ކޮށްފައިވާ ހެދުމުގެ ޑިޒައިންތަކެކެވެ. އެއީ އިސްތަންބޫލްގެ ހަތް ފަރުބަދައަކުން ފެށިގެން ވެނިސްގެ ރީތި ނެރުތަކާ ހަމައަށް ޗުއްޓީ ހޭދަކުރާ އެކި ތަންތަނުން ރީތިކަމާއި ކުލަ އިހުސާސްކޮށްގެން އޭނާ ފަރުމާ ކޮށްފައިވާ ހެދުމެވެ. ޓީޔާ ލޯންޗުކޮށްފައި ވަނީ ކަރާޗީގެ ޑިޒައިނަރުގެ 15 އަހަރުގެ ފެޝަން މަސައްކަތް ފާހަގަ ކުރާށެވެ. "ދުބާއީގައި އަޅުގަނޑުމެންގެ ޑިޒައިންތަކަށް ލިބުނު ބޮޑު ތަރުހީބާއި، ޖީޖީ ކޮންސެޕްޓް ސްޓޯރާއި އޮއުނާސް ފަދަ ޕްލެޓްފޯމްތަކުގައި އަޅުގަނޑުމެންގެ އުފެއްދުންތައް ދެއްކުމަށްފަހު، މުޅި އަހަރު ތެރޭގައި ރިސޯޓު ޗުއްޓީއަށް ދާއިރު ލާނެ ހެދުންތަކުގެ ޑިޒައިންތަކަށް އޮތް ބޭނުން ވަނީ ރަނގަޅަށް އެނގި ސާފުވެފައި،" މަސްކެޓިޔާ މީޑިއާއަށް ކިޔައި ދިނެވެ.  

ގުޅުންހުރި ޚަބަރު