ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ކެނެޑާގައި ޚާލިސްތާނީ ގްރޫޕުތައް އެބަތިބި: ޓްރޫޑޯ
ދުނިޔެ

ކެނެޑާގައި ޚާލިސްތާނީ ގްރޫޕުތައް އެބަތިބި: ޓްރޫޑޯ

އއިބްރާހީމްް ސަމީރު11 ނޮވެމްބަރު 2024
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ އިންޑިއާގެ ބާޣީ ޚާލިސްތާނީ ޖަމާއަތުގެ ސަޕޯޓަރުން ކެނެޑާގައި ތިބިކަން ގަބޫލުކުރައްވާފައެވެ. އަދި ޚާލިސްތާނީ ޖަމާއަތުގެ މީހުންނަކީ ކެނެޑާގެ ސިކުންގެ ދަރިކޮޅުގެ ޖަމާއަތް ތަމްސީލު ނުކުރާ ބައެއްކަން ސާފުކޮށްދެއްވާފަ އެވެ. ޚާލިސްތާނު މީހުންގެ މައްސަލާގައި ކެނެޑާއާއި އިންޑިއާއާ ދެމެދު ސިޔާސީ ދެބަސްވުމެއް އުފެދިފައި ވެއެވެ. އޮޓާވާގެ ޕާލަމެންޓް ހިލްގައި ދިވާލީ ފާހަގަކުރުމުގެ ތެރޭގައި ވާހަކަ ދައްކަވަމުން ޓްރޫޑޯ ވިދާޅުވީ ޚާލިސްތާނީ ސަޕޯޓަރުން ތިބި ފަދައިން ކެނެޑާގައި ވެސް މޯދީ ސަރުކާރަށް ތާއީދުކުރާ މީހުން ވެސް އެބަ ތިބި ކަމަށާއި އެއިން އެއްވެސް ބަޔަކީ މުޅި އިންޑިއާގެ ދަރިކޮޅު ތަމްސީލު ކުރާ ބަޔެއް ނޫން ކަމަށެވެ. މި ބަޔާން ނެރެފައިވަނީ އިންޑިއާ އާއި ކެނެޑާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މި އަހަރުގެ ކުރީކޮޅު ޚާލިސްތާނީ ޓެރަރިސްޓް ހަރުދީޕް ސިންގް ނިޖާރު މަރާލުމުގައި އިންޑިއާގެ އޮފިޝަލުން ބައިވެރިވި ކަމަށް ޓްރޫޑޯ ތުހުމަތު ކުރެއްވުމުން ދެގައުމުގެ ގުޅުން ވަޅޯ ވެފައި ވެއެވެ. ދެ ގައުމުން ވަނީ ޑިޕްލޮމެޓުން މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ގުޅުންހުރި ޚަބަރު