ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިންޑިއާ-އޮސްޓްރޭލިއާގެ އަސްކަރީ ކަސްރަތު ފަށައިފި
ދުނިޔެ

އިންޑިއާ-އޮސްޓްރޭލިއާގެ އަސްކަރީ ކަސްރަތު ފަށައިފި

އއިބްރާހީމްް ސަމީރު11 ނޮވެމްބަރު 2024
އިންޑިއާ އާއި އޮސްޓްރޭލިއާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް "އޮސްޓްރަހިންދް"ގެ ތިން ވަނަ އެޑިޝަން އިންޑިއާގެ ޕޫނޭގެ ފޮރިން ޓްރޭނިން ނޯޑްގައި ފަށައިފިއެވެ. މިއީ ނޮވެމްބަރު 21 ގެ ނިޔަލަށް ކުރިއަށްދާ ތަމްރީނެކެވެ. މި ތަމްރީނުގެ މަގުސަދަކީ އަސްކަރީ އެއްބާރުލުން ހަރުދަނާކޮށް، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. 2022 ވަނަ އަހަރު ރާޖަސްތާނުގައި ލޯންޗުކުރި އޮސްޓްރާހިންދަކީ އިންޑިއާ އާއި އޮސްޓްރޭލިއާ އިން އަހަރަކު އެއްފަހަރު ބާއްވާ ސިފައިންގެ އަސްކަރީ އިވެންޓަކަށް ވެއްޖެ އެވެ. މިއަހަރުގެ ތަމްރީނުގައި އިންޑިއާގެ ވައިގެ ސިފައިންގެ 14 މެންބަރުންނާއެކު، ޑޮގްރާ ރެޖިމެންޓްގެ 140 މީހުން ބައިވެރިވެއެވެ. 10 ވަނަ ބްރިގޭޑިއަރގެ 13 ވަނަ ލައިޓް ހޯސް ރެޖިމެންޓްގެ 120 މީހުން ހިމެނޭ އޮސްޓްރޭލިއާ ކޮންޓިންޖެންޓްގައި ޖޮއިންޓް އޮޕަރޭޝަންތައް ރަނގަޅު ކުރުމަށް ސަމާލުކަން ދޭނެއެވެ. 2024 ވަނަ އަހަރުގެ އަސްކަރީ ކަސްރަތުގައި ދެ މަރުހަލާއެއް ހިމެނެއެވެ. އެއީ ކޮމްބަޓް ކޮންޑިޝަނިން އަދި ޓެކްޓިކަލް ޓްރެއިނިން މަރުހަލާއެވެ. އޭގެ ފަހުން ވެލިޑޭޝަން މަރުހަލާއެއް ކުރިއަށް ގެންދާނެ އެވެ. ޑްރިލްތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ޖޮއިންޓް އޮޕަރޭޝަންސް ސެންޓަރުތައް ގާއިމްކުރުމާއި، ހާއްސަ އޮޕަރޭޝަންތައް ހިމެނޭއިރު، ޖޮއިންޓް ޕްލޭނިންގ، ފިޒިކަލް ފިޓްނަސް، އަދި ކައުންޓަރ ޑްރޯން ފިޔަވަޅުތަކަށް އަލިއަޅުވާލާނެއެވެ.

ގުޅުންހުރި ޚަބަރު