ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މަސްދުވަސް ތެރޭ ލައިގަންނަ 4 ވަނަ ތޫފާން
ދުނިޔެ

މަސްދުވަސް ތެރޭ ލައިގަންނަ 4 ވަނަ ތޫފާން

އއިބްރާހީމްް ސަމީރު11 ނޮވެމްބަރު 2024
ފިލިޕީންސްގެ އިރުއުތުރު އައްސޭރިފަށަށް ތޫފާން ޓޮރާޖީ އަރައިފި ކަމަށް އޮފިޝަލުން ހޯމަ ދުވަހު ރިޕޯޓްކޮށްފި އެވެ. މިއީ މަހެއްހާ ދުވަސް ތެރޭގައި ލައިގަންނަ ހަތަރު ވަނަ ތޫފާނެވެ. ޓޮރާޖީ އަރައިފައިވަނީ ވެރިރަށް މެނިލާއާ ގާތްގަނޑަކަށް 220 ކިލޯމީޓަރު ދުރު ހިސާބަށެވެ. މި ތޫފާނުން އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް ނުވަތަ މީހަކު ގެއްލިފައިވާ ކަމަކަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ކާރިސާތަކުން ވަރުބަލިވެފައިވާ ފިލިޕީންސްއަށް އިތުރު ތޫފާނެއް އަރައި، މަހެއް ނުވަނީސް ހަތަރު ވަނަ ތޫފާނެއް އެރުމުން، އެތައް ހާސް ރަށެއް ހުސްކޮށް ބަނދަރުތައް ބަންދުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ. މި ތޫފާން އެރީ ވެރިރަށް މެނިލާގެ އިރުއުތުރުން ގާތްގަނޑަކަށް 220 ކިލޯމީޓަރު (140 މޭލު) ދުރުގައި އޮންނަ ދިލާސާގް ޓައުނަށެވެ.

ގުޅުންހުރި ޚަބަރު