ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
މިއީ އެންމެ ހޫނު އަހަރު
ދުނިޔެ

މިއީ އެންމެ ހޫނު އަހަރު

އއިބްރާހީމްް ސަމީރު11 ނޮވެމްބަރު 2024
މޫސުމީ ބޮޑެތި ކާރިސާތަކެއް ލައިގަނެފައިވާ 2024 ވަނަ އަހަރަކީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ހޫނު ގަދަ އަހަރެވެ. މިއަހަރު ދުނިޔޭގެ ހޫނުމިން 1.5 ސެލްސިއަސް އަރާނެ ކަމަށް އީޔޫގެ މޫސުމާ ބެހޭ މޮނިޓަރިން އިދާރާ ކޮޕަރނިކަސް އިން ބުނެއެވެ. ޔޫރަޕްގެ އެޖެންސީން ބުނީ މިހަފްތާގައި އަޒަރުބައިޖާނުގައި ބާއްވާ ޔުނައިޓެޑް ނޭޝަންސްގެ މަޝްވަރާތަކުގައި ދުނިޔެ ހޫނުކުރާ ގޭސްތައް މަދުކުރުމަށް ފިޔަވަޅު އަވަސްކުރުމަށް މަސައްކަތް ކުރުމަށް ޤައުމުތަކުން މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. މިދިޔަ މަހަކީ ސްޕެއިންގައި ދިމާވި އެންމެ ބޮޑު ފެންބޮޑުވުމާއި އެމެރިކާގައި މިލްޓަން ތޫފާން އައުމާއި އަދި ދެވަނައަށް އެންމެ ހޫނު މަހުގެ ގޮތުގައި ފާހަގަ ވެގެން ދިޔަ މަހެވެ. ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން 2023 ވަނަ އަހަރުގެ މި މުއްދަތަށް ވުރެ ދެގުނަ އިތުރު ވެފައިވެއެވެ. ކޮޕަރްނިކަސް އިން ބުނަނީ 2024 ވަނަ އަހަރު 1850-1900 އާ ދެމެދުގެ ފިނި ހޫނުމިނުގެ އެވްރެޖަށް ވުރެ 1.55 ޑިގްރީ ސެލްސިއަސް އަށް ވުރެ ހޫނު މިން މަތިވުން އެކަށީގެންވާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުން މަސައްކަތް ކުރަނީ މިހާރު ހުރި ހޫނުމިން 2 ސެލްސިއަސްއަށް އިތުރު ވިޔަ ނުދިނުމަށެވެ.

ގުޅުންހުރި ޚަބަރު