ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކޮޕް 29 މިއަދު ބާކޫގައި
ދުނިޔެ

ކޮޕް 29 މިއަދު ބާކޫގައި

އއިބްރާހީމްް ސަމީރު11 ނޮވެމްބަރު 2024
އެމެރިކާގެ ރައީސް މުންތަޚަބް ޑޮނަލްޑް ތްރަމްޕް ވިދާޅުވެފައި ވަނީ ދުނިޔެ ހޫނުކުރާ ވިހަ ގޭސް ބޭރުކުރުން މަދުކުރުމަށް އެމެރިކާއިން ވައުދުވެފައިވާ ވައުދުތައް ބޮލާލައި ޖަހާލާނެ ކަމަށެވެ. އޭނާއަކީ މޫސުމީ ކާރިސާ ލައިގަތުމާއި ދުނިޔެ ހޫނުވުމާ ގުޅުމެއް އޮތް ކަމަށް ގަބޫލު ކުރައްވާ ބޭފުޅެއް ނޫނެވެ. މި ކަންބޮޑުވުންތަކާއެކު މިއަދު އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި ކޮޕް29ގެ މަހާސިންތާ ފަށާސެނެއެވެ. މިއީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި ޕެރިސް މުއާހަދާއާއެއްގޮތަށް ދުނިޔޭގެ ހޫނު މިން 2 ޑިގްރީއަށް އިތުރު ވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރާނެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލާ ކުރިމަތިލުމަށް ފައިސާ ހޯދުމަށް ކުރާ މަޝްވަރާތައްވެސް ކުރިއަށް ގެންދާނެއެވެ.

ގުޅުންހުރި ޚަބަރު