ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ޗައިނާ މީހުންނަށް ދޭ ޙަމަލަތަކުން ގުޅުމަށް ނުތަނަވަސްކަން
ދުނިޔެ

ޗައިނާ މީހުންނަށް ދޭ ޙަމަލަތަކުން ގުޅުމަށް ނުތަނަވަސްކަން

އއިބްރާހީމްް ސަމީރު13 ނޮވެމްބަރު 2024
ޗައިނާ އާއި ޕާކިސްތާނާ ދެމެދު ބަދަހި ގުޅުމެއް އޮތް ކަމުގައިވިއަސް ޗައިނާ މީހުންނަށް ދެމުންދާ ހަމަލަތަކުން ދެ ޤައުމުގެ މަސްއޫލުވެރިންނަށް އެކަމުން ނުތަނަވަސްކަން ވެރިއެވެ. ސަލާމަތާއި ރައްކާ ތެރިކަމުގެ ޔަގީންކަން އިސްލާމްއާބާދުން ދިން ނަމަވެސް، ޗައިނާ މީހުންނަށް ދޭ މަރުގެ ހަމަލާތަކުގެ ސަބަބުން ކަންބޮޑުވުންތައް އުފެދި، ޗައިނާގެ ސަފީރު ޖިއާންގް ޒައިޑޮންގް ވަނީ ސަލާމަތީ ކަންކަމަށް ފާޑު ވިދާޅުވާން ފަށްޓަވާފައެވެ. ބެއިޖިންގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ދަށުން ކުރިއަށްދާ 60 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތަކެއް ކަމަށްވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕެކް) އަށް މިހާރު ވަނީ އިތުރުވަމުން ދާ ޓެރަރިސްޓް ހަމަލަތަކުގެ ހިޔަނި އެޅިފައެވެ. ޖާނު ގޮއްވާލައިގެން ބޮން ގޮއްވާލުމާއި، ޗައިނާގެ އިންޖިނިއަރުން އަމާޒުކޮށްގެން ހަމަލަ ދިނުމާއި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ދޭ ހަމަލާތަކުން ހާމަވަނީ ޕާކިސްތާނުގެ އެންމެ އަގުހުރި ޕާޓްނަޝިޕް ރައްކާތެރި ކުރުމަށް އިތުރު  މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ފާހަގަކޮށްލެވޭ ފިޔަވަޅެއްގެ ގޮތުން ބެއިޖިން އިން މިހާރު ޕްރެޝަރު ކުރަމުންދަނީ ޕާކިސްތާނުގައި ޗައިނާގެ އަމިއްލަ ސެކިއުރިޓީ ކުންފުނިތައް ބެހެއްޓުމަށެވެ. ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަމުންދާތީ ޕާކިސްތާނުން ނުތަނަވަސްކަމާ ކުރިމަތިލާއިރު، ދެ ޤައުމުގެ އިގްތިސާދީ އެއްބާރުލުމުގެ މުސްތަގުބަލު ވަނީ ގޮތް ނޭނގުމެއްގެ ތެރެއަށް ވައްޓާލާފައެވެ. އަދި އިތުރު އިންވެސްޓްމަންޓްތަކާ މެދު ޗައިނާއިން ސަމާލުކަން ދޭ މިންވަރު އިތުރުވާން ޖެހިފައި ވެއެވެ.

ގުޅުންހުރި ޚަބަރު