ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިންޑިއާއިން ކުދި ސައިޒްގެ ރިއެކްޓަރުތައް ތައާރަފް ކޮށްފި
ދުނިޔެ

އިންޑިއާއިން ކުދި ސައިޒްގެ ރިއެކްޓަރުތައް ތައާރަފް ކޮށްފި

އއިބްރާހީމްް ސަމީރު14 ނޮވެމްބަރު 2024
އިންޑިއާއިން ސްމޯލް މޮޑިއުލާ ރިއެކްޓަރސް (އެސްއެމްއާރު) ގެ އެހީގައި އެގައުމުގެ ހަކަތަ ދާއިރާއަށް އިންގިލާބެއް ގެނައުމަށް މަސައްކަތް ފަށައިފިއެވެ. ކުދި ސައިޒްގެ ހަކަތަ އުފައްދާ ރިއެކްޓަރަކީ، އިންޑިއާގެ ސިނާއީ ހަލުވި ކުރިއެރުމާއި ސިޓީތަކަށް މީހުން ތޮއް ޖެހުމުގެ  ސަބަބުން އިންޑިއާގެ ހަކަތައަށް އޮތް ޑިމާންޑް އިތުރުވެފައިވާ މައްސަލައަށް ހޯދާ ހައްލެކެވެ. އިންޑިއާގެ އަމާޒަކީ ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމެވެ. ކުދި ސައިޒުގެ ރިއެކްޓަރުތަކަކީ، އިންވެސްޓްމެންޓް ކުޑަ އަދި ބިމުގެ ގޮތުން ކުޑަ ތަނަކަށް ފެތޭނެ އެއްޗެކެވެ. ކުދި ރިއެކްޓަރު ބޭނުން ކުރުމަކީ 2070 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން ކަނޑައަޅާފައިވާ ތިމާވެށީގެ ލަނޑު ދަނޑި ހާސިލު ކުރުމަށްތަކައި ނެޓް ޒީރޯ ކާބަން އެމިޝަންސް މަދުކުރުމުގެ މަޝްރޫއުގެ ބައެއްވެސް މެއެވެ. މި ރިއެކްޓރުތައް ބިނާ ކުރމުން ކޯލާ ދެލިން ހަކަތަ އެންދުން މަދުވެގެން ދާނެއެވެ. އަދި ޕެރިސް އެއްބަސްވުން ފަދަ ބައިނަލްއަގްވާމީ މޫސުމީ ވައުދުތައް ފުރިހަމަ ކުރެވިދާނެ އެވެ. ކުދި ރިއެކްޓަރުތައް އާންމު ވުމުން އެ ރޮނގުން ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި އިންޑިއާ ފާހަގަ ވެގެން ދާނެއެވެ. އަދި އެ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމަށް ދޮރުތައް ހުޅުވި، ޑިޕްލޮމެޓިކް ނުފޫޒު ވަރުގަދަ ކުރެވިދާނެ ކަމަށްވެސް އިންޑިއާއިން ބުނެއެވެ.

ގުޅުންހުރި ޚަބަރު