ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ޖިނާއީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައިފި
ދުނިޔެ

ޖިނާއީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައިފި

އއިބްރާހީމްް ސަމީރު15 ނޮވެމްބަރު 2024
އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި އިންޓަނޭޝަނަލް ކޮވެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ދަށުން ޕާކިސްތާނުން ދެވަނަ ރިވިއު ކުރިއަށް ގެންގޮސްފިއެވެ. އައިސީސީޕީއާރުގެ 14 ވަނަ މާއްދާއާއި 15 ވަނަ މާއްދާގެ ދަށުން އިންސާފުވެރި ޝަރީއަތްތަކުގެ ހައްގުތައް މީހުންނަށް ގެއްލޭ ކަމަށާއި އަސްކަރީ ކޯޓުތަކުގައި މަދަނީ ޝަރީއަތްތައް ހިންގުމުން ހައްގުތައް ހަނިވާކަމަށް ބުނެ އެކަން ވަގުތުން ހުއްޓާލުމަށް ކޮމިޓީން ގޮވާލި އެވެ. ރައްޔިތުންގެ ޕްރައިވެސީ ހިމާޔަތް ކުރުމަށްޓަކައި އައިސީސީޕީއާރުގެ 17 ވަނަ މާއްދާއާ އެއްގޮތްކޮށް، ސަވައިލެންސް ކުރުމާއި ފާރާވެރިވުމުގެ އަދި ޕްރައިވެސީ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ވެސް ރިޕޯޓުގައި ބާރު އަޅާފައިވެ އެވެ. މީގެ އިތުރުން ޕާކިސްތާނުން ގިނައިން އިންޓަނެޓް ބަންދުކުރުމާއި ސޯޝަލް މީޑިއާ އަށް ހުރަސްއެޅޭ ކަންކަމަށް ކުރާތީ އެކަމަށްވެސް ކޮމިޓީން ވަނީ ފާޑުކިޔާފައެވެ. އަދި މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުމަށް ފުރުސަތު ދީ މި އަމަލުތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އެ ފަރާތުން ޕާކިސްތާނަށް ދީފައިވާ އެހެނިހެން ލަފާތަކުގެ ތެރޭގައި ރައްޔިތުންނަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ހައްގު ދަމަހައްޓަން މަސައްކަތް ކުރުމާއި ދަތުރުކުރުން މަނާކުރުމާއި ބްލެކްލިސްޓްތައް އެކުލަވާލުމަށްޓަކައި ޤާނޫނީ އޮނިގަނޑުތައް އިސްލާހުކުރުމަށް ވެސް ލަފާދީފައި ވެއެވެ.

ގުޅުންހުރި ޚަބަރު