ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
މަގާމުތަކުން އެމެރިކާއާއި އިންޑިއާގެ ގުޅުން ބަދަހި ވާނެ
ދުނިޔެ

މަގާމުތަކުން އެމެރިކާއާއި އިންޑިއާގެ ގުޅުން ބަދަހި ވާނެ

އއިބްރާހީމްް ސަމީރު15 ނޮވެމްބަރު 2024
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް މައިކަލް ވޯލްޓްޒް އާއި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް މާކޯ ރޫބިއޯ އައްޔަން ކުރުމަކީ އެމެރިކާ އާއި އިންޑިއާގެ ގުޅުމަށް އަންނާނެ ވަރަށް ބޮޑު ބަދަލެއް ކަމަށް އިންޑިއާއިން ދެކެއެވެ. ދެ ބޭފުޅުންނަކީ ވެސް އިންޑިއާގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް އިންޑިއާއާ ގާތް ޕާޓްނަޝިޕެއް އުފެއްދުމަށް ވަރުގަދަ ވަކާލާތު ކުރާ ދެ ބޭފުޅުން ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ. އެމީހުންގެ ދައުރުތަކުގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތާއި ޑިޕްލޮމެޓިކް އޮނިގަނޑުގެ ތެރޭގައި އިންޑިއާގެ ނުފޫޒު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ޓްރަމްޕްގެ ޚާރިޖީ ސިޔާސަތު މާނަކުރެވެނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ޓްރަމްޕްގެ ގާތް އެކުވެރިކަމާ އެކުގައެވެ. ޓްރަމްޕާއި މޮދީއަކީ ކުރިން ދުވަހަކުވެސް ނުފެންނަ ބަދަހި ގުޅުމެއް އޮތް ދެ ވެރިންނެވެ. މި ގުޅުމަކީ ދިފާޢީ، ވިޔަފާރި، އަދި ސަލާމަތުގެ ދާއިރާއިން ފުން އެއްބާރުލުމަކަށް ދޮރު ހުޅުވިގެން ދާނެ ކަމެއް ކަމަށް ބަލާފައި ވެއެވެ. އިންޑިއާއިން ދެކެނީ އެމެރިކާގެ ސިޔާސަތުން އަމިއްލައަށް ބަރޯސާވާ އިންޑިއާއަކަށް މޯދީ ގެންގުޅޭ ތަޞައްވުރާ އެއްގޮތްކޮށް، ދިގުމުއްދަތުގެ ލަނޑުދަނޑިތައް އެމެރިކާއާއި އިންޑިއާގެ އެއްބާރުލުމުން ވަރުގަދަކޮށްދޭނެ ކަމެކެވެ.

ގުޅުންހުރި ޚަބަރު