ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ސްކޫލްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން އާންމުވާތީ ފިޔަވަޅު އަޅަނީ
ދުނިޔެ

ސްކޫލްތަކުގައި މަސްތުވާތަކެތި ބޭނުންކުރުން އާންމުވާތީ ފިޔަވަޅު އަޅަނީ

އއިބްރާހީމްް ސަމީރު15 ނޮވެމްބަރު 2024
ތައުލީމީ މުއައްސަސާތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ސަރަހައްދު ހުރަސްކޮށް މަސްތުވާތަކެތީގެ ޓްރެފިކިން އިތުރުވުމާ ގުޅިގެން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ވަނީ މާޔޫސްކަން ފާޅުކޮށްފައެވެ. އަދި މިކަން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ނާކޮޓިކްސް ކޮންޓްރޯލް އަށް އިލްތިމާސްކޮށްފަ އެވެ. މަލިކު ޝާހު އިސްކޮށް ހުންނަވައިގެން ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީ ގެ ކޮމިޓީ އޮން ނާކޮޓިކްސް ކޮންޓްރޯލް އިން ވަނީ ސްކޫލްތަކާއި ކޮލެޖުތަކުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކޮންކްރީޓް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް އިސްލާމްއާބާދުގެ ސްކޫލްތަކުގައި މަސްތުވާތަކެތީގެ މައްސަލަ ދިގުދެމިގެންދާތީ އެމްޕީ މަލިކް ސުހައިލް ޚާން ވަނީ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) ގެ ނަތީޖާއާ މެދު ސުވާލު އުފައްދަވާފަ އެވެ. އޭނާ އަލިއަޅުވާލެއްވީ އިސްލާމްއާބާދު ކުޑަ ސިޓިއެއް ކަމުގައި ވިއަސް، މަސްތުވާތަކެތިން ސަލާމަތްވެ އެކަން ކޮންޓްރޯލު ނުކުރެވޭ ކަމަށެވެ. ޖަވާބުގައި އޭއެންއެފްގެ ޑިރެކްޓަރަކު ވިދާޅުވީ އޭނާގެ ފޯސް އިން ތައުލީމީ މުއައްސަސާތައް ކައިރީގައިވާ ސަރަހައްދުތަކުގެ ފޯރިއަށް މަސައްކަތް ކުރާ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރުން ކޮންޓްރޯލްކުރުމުގައި ސްކޫލްތަކުން ވެސް ދައުރެއް އަދާކުރަން ޖެހޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އޭއެންއެފްގެ ބޮޑެތި އޮޕަރޭޝަންތަކުގެ އިތުރުން ޖަމާއަތުންވެސް އެކަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ. މީގެ އިތުރުން އެމްޕީ އަބްދުލްހަކީމް ބަލޫޗް ވަނީ މަސްތުވާތަކެތީގެ ނުފޫޒުގަދަ ވިޔަފާރިވެރިން ޖަވާބުދާރީ ނުކުރެވޭ ކަމަށް ފާޑުވިދާޅުވެފައެވެ އަދި މަތީ ފެންވަރުގެ ވަކީލުން މެދުވެރިކޮށް އަދަބުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައިވެރިވާ މީހުން ސަލާމަތް ކުރެވެކަމަށްވެސް ތުހުމަތު ކުރައްވާފަ އެވެ. އޭއެންއެފް އިން މިއަހަރު ވަނީ 125 މެޓްރިކް ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

ގުޅުންހުރި ޚަބަރު